ފަތުރުވެރިކަމުގެ ދާއިރާގެ 500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 562 މުވައްޒަފުންނަށް ވަނީ ވެކްސިން ދީފައެވެ. މީގެ ތެރޭގައި ރިސޯޓުމުވައްޒަފުންގެ އިތުރުން ދާއިރާއާ ގުޅުންހުރި އިތުރު މުވައްޒަފުންވެސް ހިމެނެއެވެ.

Ad
rt

ތަފާސްހިސާބުތައް ދައްކާގޮތުގައި ވެކްސިން ދިން މުވައްޒަފުންގެ ތެރޭގައި 35 ރިސޯޓު ސްޓާފުން ހިމެނޭއިރު ލިވަބޯޑު 93 މުވައްޒަފުންނާއި މާލެ ސަރަހައްދު ގެސްޓުހައުސްތަކުގެ 38 މުވައްޒަފުން އަދި މާފުށި ގެސްޓަހައުސްތަކުގެ 93 މުވައްޒަފުން ހިމެނެއެވެ.

މީގެ އިތުރުން 259 އެއާޕޯޓު ރެޕުންނާއި ފަސް ޓްރެވަލް އޭޖެންޓުންނާއި 32 މިއުޒިޝަނުން އަދި އެއާޕޯޓުގައި މަސައްކަތް ކުރާ މިނިސްޓްރީގެ ހަތްމުވައްޒަފުންނަށްވެސް ވަނީ ވެކްސިން ދީފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވާގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ 10،000 މުވައްޒަފުންނަށް ފުރަތަމަ ބުރުގައި ވެކްސިން ދޭނެއެވެ.