އިންޓަނެޓް ސޭފްޓީ ދުވަހާއި ގުޅުވައިގެން އިންޓަނެޓަށް ކަސްޓަމަރުން ހޭލުންތެރި ކުރުވުމަށް އުރީދޫ އިން ކެމްޕޭނެއް ފަށައިފިއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީއާ ގުޅިގެން އުރީދޫ އިން ކުރިއަަށްގެންދާ މި ކެމްޕޭނުގައި ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބާ ސޭފްޓީޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ސްކޫލު ކުދިންނާއި މައިންބަފައިން އަދިދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮށް މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެންދާނެއެވެ.
މި ޕްރޮގްރާމަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމް ކޮށްދިނުމަށް ކުރިއަށްގެންދާކެމްޕޭނެކެވެ.
އުރީދޫން ބުނީ މި ކެމްޕެއިނާއެކު ޒިންމާދާރުކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. މިއާއެކު އަމާން މާހައުލެއްގައި، އިންޓަނެޓުގެބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައުއަށް އިތުރު އެހީތެރިކަން އުރީދޫން ފޯރުކޮށްދޭނެ ކަމަށްވެސް ބުންޏެވެ.
މި ކެމްޕެއިންއާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އިންޓަނެޓް މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއިތަރައްގީއަށް މަގުފަހިކޮށްދޭ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާ ކަމަށެވެ. އަދި ހުރިހާ ބާވަތެއްގެ މައުލޫމާތާއި ކޮންޓެންޓް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭވަސީލަތަކަށް އިންޓަނެޓްވީއިރު ފަރުވާތެރިކަމާއި ޒިންމާދާރުކަންމަތީ ބޭނުން ނުކުރެވިއްޖެނަމަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން އުމުރުން ދުވަސްވީ މިހުންނަށާއި، މައިންބަފައިން އަދި ސްކޫލްކުދިންނަށް ރައްކާތެރިކަމާއި އެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއިހޭލުންތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
"We look forward to engaging with key stakeholders across industries to find solutions for existing social issues related to cyber safety, and create a safe space online for ourselves and our loved ones.” Managing Director & CEO of Ooredoo Maldives, Najib Khan. pic.twitter.com/CaFgYEQ5XV
— Ooredoo Maldives (@OoredooMaldives) February 9, 2021
އުރީދޫގެ މެނޭޖިން ޑިރެކްޓަރ ނަޖީބް ޚާން ވިދާޅުވީ، އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ހުރިހާބާވަތެއްގެ މައުލޫމާތެއް އިނގިލިކުރިތަކާއި ހަމައަށް އިންޓަނެޓް މެދުވެރިކޮށް ގެނެސްދީފައިވާއިރު، ނުރަނގަޅު އެތައް ކަމަކަށް ވެސް އިންޓަނެޓުން މަގުފަހިކޮށްދޭ ކަމަށްއޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި އޮންލައިން ގްރޫމިން ސައިބާ ބުލީއިންގގެ އިތުރުން އަބުރާއި މުދަލަށް ގެއްލުން ލިބޭފަދަ ކަންކަން ހިންގުމުގައި އިންޓަނެޓްބޭނުންކުރާ މީހުން އުޅޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!