ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މިހާރު މި މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައެވެ.އަދި މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެވެސް 80 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ %80 ވަނީ ނިމިފައި. #MTCCProjects pic.twitter.com/gK6j0P9Cb9
— MTCC Plc (@MTCCPlc) February 8, 2021
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 39.1 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!