އުރީދޫގެ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

ޑިރެކްޓަރުންގެ ބޯޑުން މި އަދަދު ހުށަހަޅަން ނިންމި ނަމަވެސް މި އަދަދު ފާސް ކުރާނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ މަހުގައެވެ.

Ad
rt

އެ ކުންފުނިން މީގެ ކުރިން ނެރުނު އިއުލާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

އުރީދޫގެ އަހަރީ ރިޕޯޓުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 407 މިލިއަން ރުފިޔާއެވެ.