ދ. ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ 25 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންުފނިން ބުނީ މި މަޝްރޫއުގެ ދަށުން ނެރު ފުން ކުރުމުގެ މަސައްކަތް މިހަރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ބަނދަރަށް އިތުރު ކުރެވޭ ސަރަހައްދު ފުން ކުރުމުގެ މަސައްކަތުގެ80 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ހުޅުދެލީގެ 49،612 ކިއުބުކް މީޓަރު ސަރަހައްދުގެ ބަނދަރު ފުން ކުރުމާއި 432 މީޓަރުގެ ސަރަހައްދުގެ އެއްގަމު ތޮށިލުމާއި 337 މީޓަރު ސަރަހައްދުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. އަދި 252 މީޓަރު ސަރަހައްދުގެ ރިވެޓްމަންޓު ޖެހުމާއި1،645 އަކަ މީތަރުގެ ޕޭވްމަންޓު ހެދުމާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން39.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!