ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020ގެ ފޯކަލް ރަށު/ސިޓީ ފޯކަލް ޕޮއިންޓުން އިންތިޚާބުގެ މަސައްކަތްތައް ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ފަށާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީއިން މިއަދު ބުނެފައިވަނީ އިންތިޚާބާ ގުޅިގެން ރަށްރަށުގައި ކުރަންޖެހޭ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އެރަށަކަށް ނުވަތަ ސިޓީ އަކަށް އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިޓުންކަމަށެވެ.

Ad
rt

ފޯކަލް ޕޮއިޓުން ކުރާނެ މައިގަނޑު މަސައްކަތުގެ ތެރޭގައި އެ ރަށެއްގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކޮށް ފޮނުވުމުން ރަށުގައި އާންމުކޮށް ފެންނާނޭ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފާސް ޙަވާލުކުރުމާއި ވޯޓުނަގާ ދުވަހު އިންތިޚާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ފޯކަލް ޕޮއިންޓުނގެ ޒިންމާއެވެ.