ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ޗީފް އިންޓަރނަލް އޮޑިޓަރކަމުގެ މަޤާމަށް އަލްފާޟިލާ ޙައްވާ ނާފިޢާ / އޭނާޒް، ސ.ހިތަދޫ، އައްޔަންކުރަން ނިންމައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ ޗީފް އިންޓަރނަލް އޮޑިޓަރކަމުގެ މަޤާމަށް ޙައްވާ ނާފިޢާ ޢައްޔަންކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

Ad
rt

މިކަން އެކުންފުނީގެ ޙިއްޞާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގާ ކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

ެޙައްވާ ނާފިޢާ މިމަޤާމަށް އައްޔަން ކުރަން ނިންމީ ސްޓީއޯގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަޤާމްގައި ހުންނެވި ޑރ. އިބްރާހިމް މަޙްފޫޒު، 1 ފެބްރުއަރީ 2021 އިން ފެށިގެން މަޤާމުން ވަކިވެވަޑައިގަންނަވަން ނިންމަވާފައިވުމާއި ގުޅިގެންނެވެ.

ޑރ. މަޙްފޫޒު، މި މަޤާމުން ވަކިވެވަޑައިގަންނަވަނީ 25 އަހަރު އެސްޓީއޯ ގްރޫޕަށް ޚިދުމަތް ކުރެއްވުމަށްފަހުކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.