ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށް ތަމްރީން ހޯދުމަށް، އޮންލައިން ކޮށް ކިޔަވައިދޭ ކޯސް ތަކެއް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ތައާރަފް ކޮށްފި އެވެ.

މިގޮތުން އެމްއައިޓީ އިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 10 ދާއިރާއަކުން ކޯސް ތައާރަފު ކޮށްފަ އެވެ. ހަ މަސް ދުވަހުގެ މުއްދަތުގެ ކުރިއަށް ގެންދާ މި ކޯސްތަކަށް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1500 ރުފިޔާ އެވެ.

Ad
rt

އެމްއައިޓީ ބުނެފައިވާ ގޮތުގައި ދަރިވަރުން މި ކޯސްތަކަށް ރަޖިސްޓަރީ ވާ ހިސާބުން ކިޔެވުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެ އިންސްޓިޓިއުޓްގެ ލާނިން މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.

އެމްއައިޓީން މިފަހަރު ފުރުޞަތު ހުޅުވާލި ކޯސްތައް

  • ނޭޝަނަލް ސެޓިފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ފުޑް އެންޑް ބެވަރޭޖް
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ވޯޓާ ސްޕޯޓްސް
  • ނޭޝަނަލް ސެޓިފިކެޓް 3 އިން އެއާޕޯޓް ރެފްރެޝްމަންޓް
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ސާފް ގައިޑިން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ސްނޯކްލް ގައިޑިން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ސްޕޯޓް ފިޝިން ގައިޑިން
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ކޮމާޝަން ކުކަރީ
  • ނޭޝަނަލް ސެޓިފިކެޓް 3 އިން ލައިފް ގާޑިން

މި ކޯސްތަކުގައި ބައިވެރިވާން ބޭނުން ފަރާތް ތަކަށް އެމްއައިޓީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެމްއައިޓީގެ މި ކޯސް ފުރިހަމަކުރުމުން ލިބޭ ސަނަދަކީ ޓިވެޓް އޮތޯރިޓީންނާއި މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިތީ (އެމްކިއުއޭ) ވެސް ގަބޫލުކުރާ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ސެޓްފިކެޓެކެވެ.