މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްއިން، ގޭމިންގް ކޯޑު އަދި އީ-ގިފްޓް ކާޑު ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމް ''ކާރޓީ ސްޓޯރ'' ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ކާޓީ ސްޓޯރަކީ ގޭމިން ކޯޑް އަދި އީ-ގިފްޓް ކާޑް ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމެކެވެ.
ކަސްޓަމަރުންނަށް ޒަމާނީ ގިނަ ފަސޭހަތަކެއް ގެނެސްދެމުންދާ އުރީދޫ އިން ބުނީ، މި ހިދުމަތާއިއެކު ކްރެޑިޓް ކާޑުގެ ބަދަލުގައި އެ ކުންފުނީގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވޯލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިންގ ޕްލެޓްފޯމް ތަކުގައި ބޭނުންކުރުމަށް ފަސޭހަކަމާއެކު ގިފްޓް ކާޑު ގަނެވޭނެ ކަމަށެވެ.
އުރީދޫ އާއި ކާޓީގެ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާޓީ ސްޓޯރުން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.
އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް ހިދުމަތް ހޯދޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދު، ކާޓީ ސްޓޯރުން ތަކެތި ގަތުމަށް ބޭނުން ކުރެވޭނެ ކަަމށް އުރީދޫއިން ބުނެއެވެ.
"މިއަދު އުރީދޫ މޯލްޑިވްސް އާއި ކާރޓީ ސްޓޯރ ގުޅިގެން މި ހުޅުވާލެވުނު ޕްލެޓްފޯމަކީ މިހުރިހާ ހިދުމަތްތަކެއް ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ޕްލެޓްފޯމެއް. އުރީދޫ ކަސްޓަމަރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް އަދި މި ނޫންވެސް އެތަކެއް ގިނަ ޕްލެޓްފޯމްގައި ބޭނުންކުރުމަށް ގިފްޓް ކާޑު އަދި ކޯޑްސް ބައްލަވައިގަތުމުގެ ފަސޭހަކަށް ލިބިގެންދާނެ،"
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅު ވެފައި ވެއެވެ.
We’re pleased to partner with digital cards platform - Karti, to enable Ooredoo customers to purchase a number of e-gift cards for iTunes, Google Play, PlayStation, Xbox, Steam, Amazon & MORE using your mobile balance!
For more: https://t.co/9yjZOX4q0D pic.twitter.com/EvGEYAG1M4— Ooredoo Maldives (@OoredooMaldives) January 18, 2021
ކާރޓީ ސްޓޯރ އަށް ސައިން އަޕް ކުރުން ހަދަންވީ ކިހިނެއް؟
- ފުރަތަމަ އިންޓަނެޓް ބްރައުޒާގައި www.kartistore.com ޖައްސަވާށެވެ.
- ރެޖިސްޓާ ކުރުމަށް ސައިންއަޕް ލިންކަށް ފިއްތާލާށެވެ.
- ރެޖިސްޓްރޭޝަން ފުރިހަމަވުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލް ގައިވާ ލިންކަށް ފިތާލާށެވެ.
- އެކައުންޓް އެކްޓިވޭޓް ވުމުން ކާރޓީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެއެވެ.
- ލޮގިން ކުރެވުމުން ކާރޓީ ކާޑު ގަތުމަށް "ބައި އަ ކާޑް" ލިންކަށް ފިތާލާށެވެ.
ކާރޓީ ކާޑު ގަންނަން ހަދަންވީ ކިހިނެއް؟
- ބޭނުންވާ ބްރޭންޑް އިޚްތިޔާރު ކުރާށެވެ.
- ބޭނުންވާ އަދަދު އިޚްތިޔާރު ކުރާށެވެ.
- މޯބައިލް ނަންބަރު ޖެހުމަށްފަހު ޕާޗޭސް އަށް ފިއްތާލާށެވެ.
- ޕާޗޭސް ފުރިހަމަ ކުރުން ޔަގީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެއެވެ.
- ޕިން ނަންބަރު ޖަހައި ކޮންފާމް އަށް ފިއްތާލާށެވެ.
- ޕިން ނަންބަރު ރަނގަޅަށް ޖެހެމުން ގަތް ކާޑު މައި ކާޑްސް އިން ފެންނާނެއެވެ.
އިތުރު މައުލޫމާތް ހޯދަން ބޭނުންފުޅު ނަމަ http://ore.do/karti އަށް ޒިޔާރަތް ކޮށްލަށްވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!