ސަރުކާރުގެ މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައި.ބީ.އެމް) ގެ އައު ސޭލްސް ސެންޓަރ އެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ރޭ 8:30 ގައި ހުޅުމާލޭ ނިރޮޅުމަގުގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައި، މި ސޭލްސް ސެންޓަރ ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަލީ ނިޔާޒު އެވެ.

Ad
rt

އައި.ބީ.އެމްއިން ބުނީ މިހުޅުވުނު ސޭލްސް ސެންޓަރ ވެގެންދާނީ ހުޅުމާލެ ފޭސް 1 އަދި 2 ގައި އާބާދުވާނެކަމަށް ބެލެވޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތައް އެންމެ ގާތުން ފޯރު ކޮށްދެވޭނެ ހަބެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ހުޅުމާލޭގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ރައްޔިތުންނަށް ފަސޭހަތައް ލިބެމުންދާ ކަމަށާއި އެގޮތުން މީގެ 16 ވަރަކަށް އަހަރު ކުރިއަށް ބަލާނަމަ، ހުޅުމާލެ އަކީ ހަމައެކަނި ދުވަހުގެ މަސައްކަތަށްފަހު މީހުން ނިދަން އަންނަ ރަށެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު މަންޒަރު ބަދަލުވެފައިވާ ކަމަށާއި މާލެ ސަރަހައްދުގައި އެންމެ ބާރަށް ތަރައްގީވަމުންދާ ސަރަހައްދަކީ ހުޅުމާލެ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

އައިބީއެމް އިން ވިއްކާ އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ވުމަކީ އުއްމީދެއް، މުޅި ތާޒާ ކުންފުނީގެ އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ވުން. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ބަދަލު ފެންނާނެ ކަމަށް ހަބަރު ލިބޭ،

ނިޔާޒް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައި.ބީ.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވެފައިވަނީ، މި އަހަރު އެކުންފުނީގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ތިމާވެއްޓާ ރައްޓެހި ފެނުގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރު ކޮށްދިނުން ކަމަށާއި، އަދި މިގޮތުން ގިނަފަހަރު ބޭނުންކުރެވޭ 18 ލީޓަރުގެ ހަމާއި، 1 ލީޓަރުން ދަށުގެ ބިއްލޫރި ފުޅި ބާޒާރަށް ނެރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެކަމަށެވެ.

މި މަސައްކަތް ތަކުގެ އިތުރުން އައި.ބީ.އެމް އަކީ ހަމަ އެކަނި ފެން އުފައްދާ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެހެން އުފެއްދުންތައް އުފައްދާ ބާޒާރަށް ނެރުމުގެ މަސައްކަތްވެސް 2021 ގައި ފެށޭނެ

މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުން އަންވަރު އިތުރަށް ފާހަގަ ކުރެއްވީ ޕްލާސްޓިކް އުފައްދާ ވިޔަފާރިއެއްގެ ހައިސިއްޔަތުން އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ އަދާ ކުރުމުގެ ގޮތުން ކުރެވެންހުރި ކަންކަން ދައުލަތުގެ މުއައްސަސާ ތަކާއިއެކު ކުރަމުން ދާކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް 2020 ވަނަ އަހަރު ނިންމާލީ 2019 އަށްވުރެ ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށްވެސް އަންވަރު ފާހަގަ ކުރެއްވި އެވެ.

ތާޒާ ފެނުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި އެފެނުގެ ކޮލިޓީ ބެލުމަށް ގާއިމްކޮށްފައިވާ ލެބޯޓްރީއަކީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ފެންވަރު ރަނގަޅު ލެބޯޓްރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.