ހއ. ތުރާކުނުގެ ބޭރުން 34 ނޯޓިކަލް މައިލްސް ދުރުގައި އޮތް މަސްދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސްގެ ކޯސްޓުގާޑުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ތުރާކުނުގެ ބޭރުން މަސްވެރިކަން ކުރަމުންއައި "ކަނޑުމަސް" ދޯނީގައި ހުރި 54 އަހަރުގެ ދިވެހި ފިރިހެނަކު ހާލު ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްގެ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައިވަނީ ބުނެފައެވެ.

Ad
rt

އެ ޓްވީޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ހާލު ބޮޑުވެފައިވާ ބަލިމީހާ އެންއެންޑީއެފްގެ އެންއޭ ސީޖީ ސްކޮއަޑްރަންގެ އެހީތެރިކަމާއި އެކު ރޭ 2235 ގައި ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ.

ކަނޑުމަތީގައި ހާލުދެރަވެ އެހީތެރިކަމަށް ބޭނުންވާ ގިނަ ބަޔަކަށް މީގެ ކުރިންވެސް އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އެމްއެންޑީއެފްގެ ކޯސްޓުގާޑުން ބޭނުން ކުރަމުން އަންނަ ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އެމްއެންޑީއެފްގެ ފަރާތުން އަންނަނީ ބަލަމުންނެވެ.