ފަސޭހަ ކަމާއެކު އެއްތަނަކުން އޮންލައިންކޮށް ވިޔަފާރިކޮށްލުމަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާރސް ޕްލެޓްފޯމް "އީ-ޓުކުރި ޝޮޕް" އިންވަރަށް ޙާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 01 ޑިސެމްބަރ 2020 ފެށިގެން 31 ޑިސެމްބަރ 2020 ނިޔަލަށް ކަމަށް އެކުންފުނިން ހާމަ ކުރެއެވެ. އެކުންފުނިން ބުނީ މިމުއްދަތުގެ ތެރޭގައި އީ-ޓުކުރިން ވިޔަފާރިކުރާ 3 ނަސީބުވެރިޔަކު ހޮވުމަށް ލަކީ ޑްރޯއެއްނަގާނެ ކަމަށެވެ.
މިމުއްދަތުގައި އީ-ޓުކުރިން ޚިދުމަތް ހޯއްދަވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ނެގުން ކުރިއަށްދާނީ ޑިސެމްބަރ މަހުގެ ކޮންމެ 10 ދުވަހަކުން ނެވެ.

މިތިން ނަސީބު ވެރި ފަރާތައް ވަރަށް ޙާއްސަ 3 ގިފްޓް ޕެކް ލިބޭނެ އެވެ.
- 01 ޑިސެމްބަރ 10 ޑިސެމްބަރ 2020 ގެ ނަސީބުވެރިޔާއައް – ކޮސްމެޓިކްސް ގިފްޓް ޕެކެއް
- 11 ޑިސެމްބަރ 20 ޑިސެމްބަރ 2020 ގެ ނަސީބުވެރިޔާއައް – ފެޝަން އަދި އެޕަރަލް ގިފްޓް ޕެކް
- 21 ޑިސެމްބަރ 31 ޑިސެމްބަރ 2020 ގެ ނަސީބުވެރިޔާއައް – ބޭބީ ޕްރަޑަކްޓް ގިފްޓް ޕެކެއް
އީ-ޓުކުރި ޕްލެޓްފޯމްގެ ހިމެނޭ އައިޓަމެއް ބައްލަވައިގަތުމުން ކަސްޓަމަރ ބޭނުންވާ އެޑްރެހަކަށް އެފަރާތުން ރައްދުކޮށްދޭނެ އެވެ. މިޕްރޮމޯޝަންގައި މާލޭގެ މަޝްހޫރު ފިހާރަތަކާއި އޮންލައިން ޝޮޕްތަކުން ވިއްކާ މުދާ ލިބެން ހުންނާނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރީގެ ދާއިރާ މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ކުރިން ފިހާރަތަކަށް ޒިޔާރަތް ކޮށްގެން ވިޔަފާރި ކުރި ނަމަވެސް މިހާރު ގިނަ ފަރާތްތަކުން ބޭނުންވަނީ ގޭގައި ތިބެގެން ރައްކާތެރިކަމާއެކު އޮންލައިންކޮށް ވިޔަފާރި ކުރާށެވެ. މިއީ ކަމާބެހޭ ފަރާތްތަކުންވެސް އިރުޝާދުދެމުން އަންނަ އެންމެ ރައްކާތެރިގޮތެވެ.
އެގޮތުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ރާއްޖެއަށް ތައާރަފު ކުރި އީ-ޓުކުރި ޕްލެޓްފޯމަކީ މިކަމަށް އޮތް ވަރަށް ބޮޑު ހައްލެކެވެ.
އީ-ޓުކުރިން ލިބެންހުރި މުދާތަކުގެ ތެރޭގައި ބަދިގެ ސާމާނާއި، އަންނައުނު، ރީތިވާ ސަމާނު، ކަރަންޓު ސާމާނުގެ އިތުރުން މޯބައިލް ފޯނާއި އެކްސެސަރީސް އަދި ކުޑަކުދިން ގެ ކުޅޭ ސާމާނާއި ކާނާވެސް ލިބެން ހުރެއެވެ.
ކޯވިޑްގެ ސަބަބުން ރަށްރަށުގައި ތިބި ފަރާތްތަކަށް މާލެއަށް ގޮސް މުދާ ގަތުމަށް މިވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެންނަމަވެސް ރަށްރަށުގައި ތިބެގެންވެސް ފަސޭހަކަމާއެކު މުދާ ގަނެލެވޭ އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ، ގަންނަމުދާ ރަށު އެޑްރެހައް ރައްދު ކޮށްދެވޭ އިތުބާރުހުރި ޕްލެޓްފޯމަކީ އީ-ޓުކުރި އެވެ.
ޕޯސްޓް އޮފީސް މެދުވެރިޔަކަށްވުމުން ގަންނަ ފަރާތްތަކަށް މުދާ ރައްކާތެރިކަމާ، ޔަގީންކަމާއެކު ލިބޭނެކަން އަދި މުދާ އީ-ޓުކުރި ޕްލެޓްފޯމް ތެރެއިން ޓްރެކް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވުމީ މި ޚިދުމަތަށް އާންމުންގެ އިތުބާރު ބޮޑުވެފައިވާ އެއް ސަބަބެވެ. މުދާ ގަންނަ ހިސާބުން އެމުދާ ޑެލިވާވުމާ ހަމައަށް ކަސްޓަމަރުންނަށް ޓުރެކްކުރެވޭނެ އެވެ.
އެކުންފުނިން ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެބޭފުޅުންގެ މުދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކާ ޕްލެޓްފޯމްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތުވެސް އާންމުކޮށް ހުޅުވާލާފަ އެވެ.
އީ-ޓުކުރި ޕްލެޓްފޯމުގައި ގިނަ އަދަދެއްގެ ދިވެހިންގެ އަމިއްލަ އުފެއްދުންތައް ލިބެން ހުންނައިރު މުދާ ވިއްކުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. މި ޕްލެޓްފޯމުގައި ރަޖިސްޓްރީވާން އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު އެ ޕްލެޓްފޯމުގެ މާޗަންޓް ހޮޓްލައިން 7632513 އަށް ގުޅައިގެން ފަސޭހައި ރަޖިސްޓްރީ ކުރެވޭނެ އެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުދާ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!