އިންތިގާލީ އިންސާފުގެ ގާނޫނު ބަދަލުހިފުމާއި،ން ލިބޭ ފުރުޞަތުގެ ތެރެއިން އަނިޔާވެރިކަން ނުވަތަ ބަދަލުހިފުން ދައްކައިފިނަމަ އެ ދެވެނީ އެހެން ދިމާއަކަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ބޮންޑެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ''އިންތިޤާލީ އިންޞާފުގެ ބިލު'' ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.
ބޮންޑެ ވިދާޅުވީ އެ ޤާނޫނަކީ، 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018އާ ދެމެދު ހިނގާފައިވާ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙުޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް، އިންސާފު ހޯދައިދިނުން ނިޒާމު އެކަށައެޅުނު ގާނޫނު ކަމަށްވީއިރު، އެ ހިސާބުން ފެށިގެން މަސައްކަތްކުރައްވަމުން އަންނަނީ ރައްޔިތުންނަށް ލިބިފައިހުރި އަނިޔާތަކަށް އިންތިގާލީ އިންސާފު ހޯދުމަށް ކަމަށެވެ،
1 ޖެނުއަރީ 1953 އަކީ ދިވެހިރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވި ދުވަސް އަދި މުޙައްމަދު އަމީންގެ ވެރިކަން ފެށުނު ދުވަސްކަން ފާހަގަ ކުރައްވާ ބޮންޑެ ވިދާޅުވީ، އެ ހިސާބުން ފެށިގެން މި ރާއްޖެ މިއަދާ ހަމައަށް ހިނގާފައިވާ މިކަން؛ އަދި މިހާރު އޮތް މަޖިލީހާއި ހިސާބަށް ހިނގާފައިވާ ކަންކަމަކީ ވަރަށް ބޮޑެތި ކަންތައްތަކެއް ކަމަށެވެ.
''ވަރަށް ބޮޑު އަނިޔާއެއް. ވަރަށް ބޮޑު އަގެއް ދައްކައިގެން މި ހިސާބަށް އައީ އަޅުގަނޑުމެން. އަޅުގަނޑުމެން މި ތަޙުޤީޤުކޮށް، މީގައި އިންތިގާލީ އިންސާފުގެ ގާނޫނު ބަޔާންކުރާ ބަދަލުހިފުމާއި އަނިޔާވެރިކަން ނުވަތަ ބަދަލުހިފުން ދައްކައިފި ކަމަށް ވަންޏާ އިތުރަށް އެހެން ދިމާލަކަށް އަޅުގަނޑުމެންނަށް ދެވޭނީ އިއްޒަތްތެރި ރައީސް. މީގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ، މާފުކުރުން ފިޔަވައިއިތުރު ކަމެއް އޮތްހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. ގެއްލިގޮސްފައިވާ މުދަލާއި ތަކެއްޗާ އެއީ ދުނިޔެއަށް ކުޅަދާނަވާ ކަމެއް ނޫން އިއްޒަތްތެރި ރައީސް. ވަރަށް ބޮޑު އަގެއް ދައްކައިގެން މި ރާއްޖެއަށް މި ޕާލަމެންޓު، މި ވެރިކަން މި އޮތީ މިހިސާބަށް އައިސްފަ.''
ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު މި އޮތް ހޭލުންތެރިކަމަކީ އޭގެ އަގު އަދާކުރުން ކަމަށާއި، 1953 އިން މި ހިސާބަށް އާދެވުނީ ހިލޭއެއް ނޫން ކަމަށެވެ.
''އިހަށްދުވަހު ޖުމްހޫރީ ދުވަސް ފާހަގަކުރީ، ފާހަގަކުރާއިރު، ކޮންމެ ފަހަރަކު ވެސް މި ފާހަގަކުރަނީ، ދަންޑެހެލުގެ ބޮއްކުރާ ވާހަކަ. އެއެއް ނޫން އިއްޒަތްތެރި ރައީސް. ވަރަށް ބޮޑު އަގެއް ދައްކާފަ. މި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މަގުމަތިން އަނިޔާކޮށް މަރައިލީ. ދެން ވެސް އިތުރު ވެރިކަންތަކުގައި ތިބި މިހުން މަރަނީ އެގޮތްމިގޮތް ހަދައި، އަނިޔާވެރިވަނީ އަނިޔާވެރިކަން ދޫކުރަންޖެހޭ ދުވަސް މި އޮތީ އައިސްފަ. އިންގާލީ އިންސާފުގެ ނަމުގައި އަޅުގަނޑުމެން ބަލާނީ، ކިހިނެއްތޯ ބަލާނީ މި ރާއްޖޭގައި ހިނގާ ވެރިކަންތަކާއި، މީހުންގެ މުދާ ފޭރުމާއި، އަނިޔާވެރިމަކާއި، މި ހުރިހާ އެއްޗެއް ބެލޭނެ ގޮތެއް ނޯންނާނެ. އެއް ބަޔަކު އަނެއް ބަޔަކަށް މާފުކޮށްފައި މި ބިލު އުވައިލުން ނޫން ހުއްޓާލުން ނޫން، މިހިސާބުން ހުއްޓާލުން ނޫން ކަމެއް އަޅުގަނޑަކަށް ނުފެނޭ.''
ބޮންޑެ ވިދާޅުވިއެވެ.
ދެ އަހަރުގެ ތެރޭގައި އެކަންކަން ބަލަން މުއްދަތެއްގެ ގޮތުގައި އެ ގާނޫނުގައި ހިމެނިފައި އެބައޮތް ކަމަށާއި، ނަމަވެސް ރަނގަޅު ގޮތަކީ
އެއް ބަޔަކު އަނެއް ބަޔަކަށް ކަރުގައި ހިފަން ނޫޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
''ދެން ހަމަ އަޅުގަނޑު ވެސް އެދެން، އިންސާފު ބޭނުންވާ މީހާއަށް އިންސާފު ހޯދައިދިނުން. އެހެނަސް، މި އިންސާފު ހޯދަން އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް މިހާރު މި އޮތީ، އަޅުގަނޑުމެން އޮތީ 2012 އިން ފެށިގެން 2018އާ ހިސާބަށް ފުރަތަމަ އޮތް. އެހެންނަމަވެސް، އެންމެ ރަނގަޅަށް އެކަމަކު އަޅުގަނޑެއް ނޭދެން، މި ރާއްޖޭގައި ބޮޑު ބަޢާވާތެއް ހިންގައިފި. މިހާރުވެސް ތިބީ ބަޣާވާތެއް ހިންގާފައި ތިބި މީހުން ފުލުސް އޮފީސް ތެރޭގައި، ކިހިނެއްތޯ އެ މީހުން ގެންގޮސް ހައްޔަރުކުރަނީ ބަލާއިރު ކޮންމެވެސް ވަރަކަށް ތިމާގެ ބައެއް، ނުވަތަ ރައްޓެހި ބައެއް. އެއް ބަޔަކު އަނެއް ބަޔަކާ ގުޅޭ ބައެއް. މި ޤައުމުގައި އެ ތިބި ބަޔަކަށް! މިހާރު ތިބި ބަޔަކު ޖެހޭނީ އަމިއްލައަށް މާފަށް އެދެން.''
ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މިހާރު އަނިޔާކުރުމުގައި ބައިވެރިވި، މިހާތަނށް ދިރި ތިބި މީހުން އަމިއްލައަށް މަޢާފަށް އެދުން ކަމަށެވެ. އަދި އަނިޔާ ލިބުނު މީހުން މަޢާފު ކުރިކަމަށް ބުނުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އިންތިޤާލީ އިންޞާފުގެ ބިލު މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ 54 މެންބަރުންގެ ވޯޓުން ފާސްކުރަށްވާފައެވެ. އެ ބިލަށް ވޯޓަށް އެހި އިރު ތަޅުމުގައި ތިއްބެވީ މަޖިލިސްގެ 87 މެންބަރުން ކުރެ، 56 މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!