އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން13 ޤައުމަކަށް އައު ވިސާ ދިނުން މަޑުޖައްސާލައިފިއެވެ.

ޔޫއޭއީ އިން ވިސާ ދިނުން މަޑުޖައްސާލާފައިވާ ޤައުމުތަކުގެ ތެރޭގައި ގިނައީ މުސްލިމު ޤައުމުތަކެވެ. އޭގެ ތެރޭގައި އިރާން، ތުރުކީ، ސީރިޔާ، ސޯމާލިޔާ ހިމެނެއެވެ.

Ad
rt

އެ ޤައުމުގެ ސަރުކާރުން ހާމަ ކުރި ގޮތުގައި އަލަށް އެ ޤައުމުގައި ވަޒީފާ އަދާކުރަން ބޭނުންވާ މީހުން ހިމެނޭ ގޮތަށް މި ޤައުމުތަކުގެ މީހުންނަށް އައު ވިސާ ވަކި ގޮތެއް އަންގަންދެން ދުކުރުން މެދުކަނޑާލަން ވަނީ ނިންމާފައެވެ. މި ޤައުމުތަކުގެ ތެރޭގައި އަފްޤާނިސްތާން، ލީބިޔާ އަދި ޔަމަންވެސް ހިމެނެއެވެ.

އަދި މިހާތަނަށް ޢާންމު ކުރި މަޢުލޫމާތަށް ބަލާއިރު، މި ޤައުމުތަކަށް އައު ވިސާ ދޫކުރުމަށް އެއްވެސް އިސްތިސްނާއެއްނުވެއެވެ. އަދި މިކަމާއި ބެހޭ ގޮތުން ޔޫއޭއީގެ ފެޑެރަލް އޮތޯރިޓީ ފޯރ އައިޑެންޓިޓީ އެންޑް ސިޓިޒެންޝިޕްއަކުން އެއްވެސް އެއްޗެއް ބުނެފައެވެ.

އިތުރު ޚަބަރުތަކުން ބުނާ ގޮތުގައި އަފްޤާނިސްތާން އަދި ޕާކިސްތާންއަށް ޔޫއޭއީ އިން ވިސާ ދޫކުރުން ހުއްޓާލާފައިވަނީ ސެކިޔުރިޓީ ސަބަބުތަކާއި ހެދިއެވެ. ނަމަވެސް، މި ސަބަބުތަކަކީ ކޮބާ ކަމެއް އެ ޤައުމަކުންވެސް އަދިވެސް ހާމަކޮށްފައެއްނުވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޕާކިސްތާންގެ ފޮރިން މިނިސްޓްރީއިން ވަނީ ޔޫއޭއީއިން އެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލާފައިވާ ކަމަށް އިޢުލާން ކޮށްފައެވެ.

ޕާކިސްތާނުން އިތުރަށް މަޢުލާމު ހާމަ ކުރި ގޮތުގައި، މިހާރު ޔޫއޭއީ އިން ވިސާ ދޫކޮށްފައިވާ އެއްވެސް ފަރާތަކަށް މި ކަމުގެ ބުރޫއެއް ނާރާނެއެވެ.

ޔޫއޭއީ އިން ވިސާ ކެންސަލް ކޮށްފައިވާ އިތުރު ޤައުމުތަކަށް ބަލާއިރު އަލްޖީރިޔާ، ކެންޔާ، އިރާޤު، ލުބުނާން، ޕާކިސްތާން އަދި ޠޫނިސް ހިމެނެއެވެ.