ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) "އެސްޓީއޯ އިޔާ އެންޑް އޮފާ 2020" ގެ ނަމުގައި އޮފާ އެއް ފަށައިފި އެވެ.

މި އޮފާގައި އެސްޓީއޯއިން ވަނީ އާއްމުންނަށް މީގެކުރިން ވިއްކަމުން ދިޔަ ހިޓާޗީ ބްރޭންޑުގެ ޓީވީތަކުގެ އަގު ހެޔޮކޮށްފައެވެ.

Ad
rt

މި އޮފާގެ ދަށުން މީގެކުރިން 2،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 42 އިންޗިގެ ހިޓާޗީ ބްރޭންޑުގެ ޓީވީއެއް ވިއްކަނީ 2،691 ރުފިޔާއަށެވެ. މީގެކުރިން 11،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 65 އިންޗިގެ ހިޓާޗީ ބްރޭންޑުގެ ޓީވީއެއް މިހާރު ވިއްކަނީ 11،031 ރުފިޔާއަށެވެ.

މި އޮފާ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އޮންނާނެކަމަށް އެކުންފުނިން މަޢުލޫމާތުދެ އެވެ. އެސްޓީއޯއިން ބުނީ އިތުރު މައުލޫމާތު ބޭނުންވާނަމަ ނުވަތަ އޮންލައިންކޮށް ވިޔަފާރި ކޮށްލަން ބޭނުން ނަމަ އެސްޓީއޯގެ އީސްޓޯރ ސައިޓަށް ވަނުމަށް އެކުންފުނިން އެދިފައި ވެއެވެ.

އެސްޓީއޯ އިން އަންނަނީ ކޮންމެ އަހަރެއް ވެސް މިދުވަސްވަރު އާންމުންނަށް ބޮޑު ޑިސްކައުންޓް ތަކާއި އެކު އިޔާއެންޑް ސޭލްތައް ބާއްވަމުންނެވެ.