އޭއެފްސީއިން ކުރިއަށް ގެންދާ ބްރެކެޓް ޗެލެންޖްގެ ކުއާޓަރ ފައިނަލުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު ވާދަކުރަމުން އެބަ ދެއެވެ.

ބްރެކެޓް ޗެލެންޖްގައި އަޝްފާޤާއި ދެކޮޅަށް ނުކުމެފައިވަނީ ވިއެޓްނާމްގެ އެންޖުއެން ވެން ކުއެޓްއެވެ. މިއީ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

Ad
rt

ބްރެކެޓް ޗެލެންޖްއަކީ އޭއެފްސީ މުބާރާތްތަކުގައި ޖަހާފައިވާ ރީތި ގޯލުތަކުގެ މެދުގައި ކުޅެވޭ މުބާރާތެވެ. އަދި އެންމެ ރީތި ގޯލު ހޮވުމަށް އޭއެފްސީއިން އެކުލަވާލި އެންމެ ރީތި ގޯލު ޖަހާފައިވާ މީހުންގެ މެދުގައި ލެވޭ އޮންލައިން ވޯޓު ސިސްޓަމަކުން ހޮވާ ގޯލެކެވެ.

އަޝްފާޤުގެ ގޯލަކީ އޭނާ ނިއު ރޭޑިއެންޓްއަށް2013 ވަނަ އަހަރު ޖަހާދީފައިވާ މޮޅު ގޯލެކެވެ. އަދި އެންޖުއެންގެ ގޯލަކީ އޭނާ ޖަހާފައިވާ ބައިސިކަލް ކިކް ގޯލެކެވެ.

އަޝްފާޤު މީގެ ކުރިން2 ރައުންޑުން މޮޅުވެފައިވަނީ ކުވައިތު އެފްސީގެ ރޮޖާރީނިއޯ އަދި އަބަހާނީގެ ސޮހޭލް އާއި ވާދަކޮށް މޮޅުވެގެންނެވެ.

މި ދެ ކުޅުން ތެރިންވެސް މި ވަގުތު މަސައްކަތް ކުރަމުން މިދަނީ ސެމީ ފައިނަލުން ޖާގަ އެއް ހޯދުމަށެވެ. އަދި މި ކަމަށް އެ ދެ ޤައުމު އަދި މި ކުޅުންތެރިންގެ ސަޕޯޓަރުންގެ އެހީތެރިކަންވެސް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ފުޓުބޯޅައަކީ ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެކެވެ. މި މުބާރާތުން، އަލީ އަޝްފާޤު މޮޅު ކޮށްދިނުމަށްވެސް ދިވެހިން ތިބޭނީ އަތުކުރި އޮޅާލައިގެންކަން ޔަޤީނެވެ.

އަޝްފާޤަށް ވޯޓު ދެއްވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާލެއްވުމުން އޭއެފްސީ ގެ ވެބްސައިޓުން ވޯޓު ލެއްވޭނެއެވެ.

https://www.the-afc.com/competitions/afc-cup/latest/news/bracket-challenge-quarter-final-ali-ashfaq-new-radiant-vs-nguyen-van-quyet-hanoi