ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ''ގެމެން ޕޯޓަލް'' ބޭނުންކުރަން ފެށުމަށް ހއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީނުކޮށް، އެ ޕޯޓަލްގެ މެދުވެރިކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އެލްޖީއޭއިން ބުނީ ހއ. އަތޮޅުގައި ''ގެމެން ޕޯޓަލް'' ބޭނުންކުރަން ފެށުމަށް މިހާރު ހއ. އަތޮޅު ކައުންސިލް، ދިއްދޫ ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލުން ކަމާބެހޭ މުވައްޒަފުން ތަމްރީނުކުރެވިފައިވާ ކަމަށެވެ.

Ad
rt

އެ ތަމްރީން ދެވިފައި ވަނީ އެންސީއައިޓީގެ އެހީތެރިކަމާއިއެކު އޮންލައިންކޮށް ކަމަށް ވެސް އެލްޖީއޭއިން ވަނީ ބުނެފައި އެވެ.

''މިހާރު ކައުންސިލް އަދި ހޮސްޕިޓަލުން ފޫޅުމާ ފޯމާއި، އުފަންދުވަހުގެ ސެޓްފިކެޓް ޖެނެރޭޓް ކުރަނީ ގެމެން ޕޯޓަލްގެ ތެރެއިން''

އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން ބުނީ ހއ. އަތޮޅު ރަށްތަކަށް ގެމެން ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ދެވޭނޭ ގޮތް ހެދުމަށްޓަކައި ހއ. ކައުންސިލްގެ ފަރާތުން މިހާރު ވަނީ ކެލާ ކައުންސިލާއި، ކެލާ ސިއްހީ މަރުކަޒާއި، ވަށަފަރު ކައުންސިލާއި، ވަށަފަރު ސިއްހީ މަރުކަޒާއި، އަދި ފިއްލަދޫ ކައުންސިލާއި، ފިއްލަދޫ ސިއްހީ މަރުކަޒު ކަމާބެހޭ މުވައްޒަފުން ތަމްރީނު ކޮށްފައި ވާކަމަށެވެ.

އެލްޖީއޭގެ ގެމެން ޕޯޓަލްއަކީ ކައުންސިލްތަކުގެ ވިހާމަރުވާއާއި ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށް، ބޭނުންކުރަމުންދާ ޕޯޓަލް އެކެވެ.