އެލައިޑު އިންސުއަރެންސްއިން އިން "އެލައިޑް އިންބައުންޑް" ގެ ނަމުގައި ކޮވިޑް-19 އަށް އަމާޒުކޮށްގެން އިންސުއަރެންސް ސްކީމެއް ތަޢާރަފުކޮށްފިއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއި އެކު، ޓޫރިސްޓުން ރާއްޖެއަންނަން ފަށާފައިވާއިރު، މި ސްކީމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވުރެންނަށް އެކަނި ހުޅުވާލާފައިވާ ސްކީމެކެވެ. އަދި މި ސްކީމްގެ ދަށުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއެއްގެ ފަތުރުވެރިއަކަށްވެސް މި ސްކީމްގައި ބައިވެރިވެވޭނެއެވެ.

Ad
rt

ޓޫރިސްޓުން މި ސްކީމުގައި ބައިވެރިވުމަށް، ރާއްޖެއަށް އައުމުގެ 24 ގަޑިއިރު ކުރިން އެލައިޑް އިންސުއަރެންސްގެ ވެބްސައިޓްއިން މި އިންސުއަރެންސް ގަންނަން ޖެހޭނެއެވެ. އަދި ރާއްޖެއަށް އައުމުގެ ކުރިން ހަދާ ކޯވިޑް-19 ގެ ޕީސީއާރް ޓެސްޓު 72 ގަޑިއިރު ކުރިން ހަދާ، އެ ޓެސްޓުގެ ނަތީޖާ އަކީ ނެގެޓިވް ނަތީޖާއަކަށް ވާންޖެހޭނެ ކަމަށް މި އިންސުއަރެންސް ލިބުމުގެ ޝަރުތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި އިންސުއަރެންސް، ރާއްޖެ އަންނަ ޓޫރިސްޓުން ގަތުމުގެ ބޭނުމެއްގެ ގޮތުގައި އެލައިޑުން ބުނެފައިވަނީ، މި އިންސުއަރެންސް މެދުވެރިކޮށް ގިނަ ކޯވިޑް-19 އާއި ގުޅުން ހުރި ޚަރަދުތައް ކަވަރު ކުރާތީއެވެ. އެ ގޮތުން، އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފިނަމަ، އެ ފަތުރުވެރިއެއްގެ ހުރިހާ ޚަރަދެއް އިންސުއަރެންސް މެދުވެރިކޮށް ކަވަރު ކުރާނެއެވެ. އިމަރޖެންސީގައި ކުރާ ދަތުރު ތަކުގެ އިތުރުން، ހޯދާ ބޭސްފަރުވާތައްވެސް މި އިންސުއަރެންސްގައި ހިމެނިގެންވެއެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި މި ސްކީމުގައި ހިމަނާފައިވަނީ ރާއްޖެ އައިސް އުޅެނިކޮށް ކޯވިޑް-19 ގެ ސަބަބުން ނިޔާވެއްޖެނަމަ، ރާއްޖޭގައި އެ މީހަކު ވަޅުލުމުގެ އެންމެހާ ކަންކަމެވެ.

މި ސްކީމުގެ އަގެއްގެ ގޮތުގައި އެލައިޑުން އެންމެހާ ފަތުރުވެރިންނަށް އަތްފޯރާ ފަށުގައި ފޯރުކޮށްދިނުމަށް ފެށޭ އަގެއްގެ ގޮތުގައި25 ޑޮލަރު ކަނޑައަޅާފައިވާއިރު، އެލައިޑް އިންބައުންޑް ޕްލަސް އިން އެންމެ ގިނަ ޢަދަދަކަށް 1 ލައްކަ ޑޮލަރުގެ ޚަރަދު ކުރެވޭ ކަމަށް އެލައިޑުގެ ވެބްސައިޓުގައިވަނީ ޝާއިޢުކޮށްފައެވެ.

ިމި ސްކީމަކީ، ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަށް ވަރަށް މުހިންމު އިންސުއަރެންސް ސްކީމަކަށް ވެގެންދާ އިރު، މި ކަމަކީ، ރާއްޖެއަށް ގިނަ ފަތުރުވެރިން އެއްވެސް ހާސްކަމެއް ނެތި އައުމަށް ކޮށާލެވޭނެ މަގެއްވެސްމެއެވެ. އެލައިޑުން މިހާރުވަނީ، މި ސްކީމަށް އެދި ހުށަހެޅުމަށް އެ ކުންފުނީގެ ވެބްސައިޓްގައި ޚާއްސަ ލިންކެއް ހިމަނާފައެވެ.