ސަރުކާރުގެ މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައި.ބީ.އެމް) ގެ ޝޯޓް ކޯޑް ހޮޓްލައިން ނަންބަރ ސޯޅަ ނަވާރަ (1619) ރަސްމީކޮން ލޯންޗް ކޮށްފި އެވެ.
އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބުނީ މިއަދު ލޯންޗް ކުރި ޝޯޓް ކޯޑް (1619) ނަންބަރަކީ އެ ކުންފުނީގެ ކަސްޓަމަރުން ތާޒާ ފެނަށް އޯޑަރ ކުރުމަށް ފަސޭހަކޮށްދިނުމަށް ތަޢާރަފް ކޮށްފައިވާ ނަންބަރެއްކަމަށެވެ.
މި ނަންބަރު ރަސްމީކޮން ލޯންޗް ކޮށްފައިވަނީ މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އައި.ބީ.އެމް.ގެ ޗެއާރމަން އަދި އެމް.ޑަބްލިޔް.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ.
ތާޒާގެ ސޯޅަ ނަވާރަ ޝޯޓްކޯޑް ތަޢާރަފު ކުރެވިގެން ދިއުމަކީ، ތާޒާ ފެން އޯޑަރ ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އިތުރުފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމުގައި އެކުންފުނިން ދެކޭކަމަށް އެކުންފުނިންވަނީ ބުނެފަ އެވެ.
އައިބީއެމްއިން އުފައްދާ "ތާޒާ" ފެނުގެ ފެންފުޅިތައް އޮންލައިންކޮށް އޯޑަރ ކުރުމުން މާލޭ ސިޓީގެ ގޭގެއަށް ގެންގޮސްދިނުމިގެ ޚިދުމަތްވެސް މީގެ ކުރިން ވަނީ ފަށާފައެވެ.
ތާޒާ ފެނުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި އެފެނުގެ ކޮލިޓީ ބެލުމަށް ގާއިމްކޮށްފައިވާ ލެބޯޓްރީއަކީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ފެންވަރު ރަނގަޅު ލެބޯޓްރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!