ޕިކަޕެއް ހުއްޓުވައި، ބަލައި ފާސްކޮށް އެ ޕިކަޕްގައި އުފުލި ގިނަ އަދަދެއްގެ ބަނގުރަލާއި، ބިޔަރާއިއެކު ބަޔަކު ހައްޔަރު ކޮށްފިއެވެ.
މިކަމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ތަކެއްޗާއިއެކު ވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ. މި މީހުން ހައްޔަރުކޮށް، ޕިކަޕްގައި އުފުލި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، މާލޭ ސިޓީގެ ހަނދުވަރީ ހިނގުމުން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 10 ޕެކެޓު ބަނގުރާ އާއި، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވާކަމަށެވެ.
މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ޕިކަޕު ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާދީފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަންގްލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންއަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މިފަދަ ގިނަ އޮޕަރޭޝަންސް ތަކެއް ހިންގައި، ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއި ބަނގުރާ އަތުލައި ގަނެ، އެކަންކަންމުގައި ޝާމިލްވާ މީހުން ހައްޔަރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!