ޮކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމުގެ ސަބަބުން ހުއްޓާލެވިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ ބޯޓު ޔާރޑުގެ
ޚިދުމަށް މާދަމާ (20 ސެޕްޓެމްބަރ 2020) އަލުން އާންމު ކަސްޓަމަރުންނަށް ހުޅު ވާލެވޭނެކަމަށް އެކުންފުނިން ބުނެފި އެވެ.
އެކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޯޑު ޔާޑު އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަނީ ނިމި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވެސް އެކަށައެޅިފައިކަން އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާކަމަށެވެ.
އެމްޓީސީސީގެ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކޮށް ހިންގަމުންދާ އެމްޓީސީސީގެ ބޯޓްޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ. 2017 ވަނަ އަހަރު ޚިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު، އެމްޓިސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތު ބޮޑުވަމުން ދާއިރު، ކަނޑުގައިދުއްވާ އުޅަނދުތައް ގެންގުޅޭ ފަރާތްތަކުގެ ، އިތުރުވަމުންދާ ބޭނުންތަކާ އެއްހަމައެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް،އެމްޓީސީސީގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންކަމަށް އެކުންފުނިން މަޢުލޫމާތުދީފައި ވެއެވެ.
އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކެއް އެއްތަނަކުން ފޯރު ކޮށްދިނުމުގެ މަޤްޞަދުގައި އަޅުގަނޑުމެންގެ ބޯޓް ޔާރޑުން ތަފާތު ގިނަ އިންޖިނިއަރިންގް ޚިދުމަތްތަކާއި ޙައްލު ފޯރުކޮށްދެވެއެވެ. އެގޮތުން ބޯޓް ހޮއިސްޓް، ސްލިޕްވޭ ، ބޯޓް ޓްރެއިލަރ އާއި އެއާބޭގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ޚިދުމަތް އަޅުގަނޑުމެން ފޯރުކޮށްދެވެއެވެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތަފާތު ގިނަ އިންޖިނިއަރިންގް ޚިދުމަތްތަކާއި ޙައްލު ފޯރުކޮށްދެވެއެވެ.
އެމްޓީސީސީ އިން ބުނެފައިވެ އެވެ.
އެގޮތުން ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގް ، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނެއެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަންޑަރވޯޓަރ ވެލްޑިންގް އާއި ކަޓިންގް ޚިދުމަތް ވަނީ ތަޢާރަފްކުރެވިފައެވެ.
އެމްޓީސީސީގެ ބޯޓް ޔާރޑު އަލުން އާންމު ފަރާތްތަކަށް ހުޅުވާލާއިރު، ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި އަދި ވިޔަފާރީގެ އެންމެހާއި ބައިވެރިން ކުންފުންޏަށް ކުރަށްވަމުން ގެންދަވާ އިތުބާރަށް ޝުކުރު ދަންނަވާކަމުގައި އެކުންފުނިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!