ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މަޢާފަށް އެދެން ޖެހޭކަމަށް، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސައުދު ﷲ ވިދާޅުވީ، ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް އިއްޔެ ގެންދިޔަ ބަލިމީހާއާއި، ބަލިމީހާގެ އެހީތެރިޔާއާއި ގުޅުވައިގެން ސަރުކާރުގެ އަގުވެއްޓޭ ގޮތަށް ސައުދު ދައްކަވާ ވާހަކައަށް މަޢާފަށް އެދެން ޖެހޭ ކަމަށެވެ.

Ad
rt

"ވިލިގިނގިލި ކޯވިޑް ފެސިލިޓީ ހުރީ ފުރިހަމަޔަށް ތައްޔާރު ވެފައިކަމަށް ވިލިނގިލި ހޮސްޕިޓަލުން ބުނަމުންދާއިރު އެތާ ހުރީ ހަމައެކަނި އެނދެއް ކަމަށް ބުނެ ސަރުކާރު އަގުވެއްޓޭ ގޮތަށް އަދި ބަލިމީހާއާއި އެހީތެރިޔާއާއި ބެހޭގޮތުން އެމްޕީ ސައުދު ހުސައިން ދައްކާ ވާހަކަތަކަށް އޭނާ މާފަށް އެދެންޖެހޭ"

ސައުދު ﷲ ވިދާޅުވިއެވެ.

ވެންޓިލޭޓަރެއް ވެއްޖިއްޔާ ގެންދާނީ ތިނަދޫއަށް ކަމަށާއި، ޕޭޝަންޓެއް ވިއްޔާ ގެންދަނީ ވިލިގިއްޔަށްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް ގއ.ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ ވާހަކަ ދައްކަވާފައެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަމަވުން މެމްބަރު ސައުދު ވިދާޅުވީ، އެއްވެސް ހާލަތެގައި އެހެން ރަށެއްގެ ރައްޔިތަކު ވިލިނގިއްޔަށް އެރުމަށް އެރަށު ރައްޔިތުން މަސައްކަތްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ސައުދު ވިދާޅުވީ އިއްޔެ ޖެހުނު މައްސަލައަކީ އެރަށު ރައްޔިތުންގެ ސަބަބުން ޖެހުނު މައްސަލައެއް ނޫންކަމަށާއި ޖެހުނު މައްސަލައަކީ ޕޭޝަންޓް އެހީތެރިއާއާ އެކުގައިނޫނީ އައިސޮލޭޝަނަށް ދާން ބޭނުންނުވުން ކަމަށެވެ.

ގއ. ވިލިނގިލީގައި ހަދާފައިވާ ކޯވިޑް ފެސިލިޓީ އަށް ގދ. ތިނަދޫން އިއްޔެ ގެންދިޔަ ބަލި މީހަކަށް ފަރުވާ ދޭން ދެކޮޅު ހަދައި، ރަށަށް ނޭރުވި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ތިނަދޫން ޕޮޒިޓިވްވި 68 އަހަރުގެ ފިރިހެން މީހާ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް، އިއްޔެ ވިލިނގިއްޔަށް ގެންދިޔުމުން އެ ރަށު ބަޔަކު ވަނީ އަތިރިމައްޗަށް ނިކުމެ އެކަމާ ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ.

ބަލި މީހާ ކޯވިޑް ފެސިލިޓީއަށް ބަދަލުކުރީ ހައި ރިސްކް މީހަކަށް ވާތީ އެވެ. ގއ. އަތޮޅާއި ގދ. އަތޮޅަށް ޚާއްސަކުރި 23 އެނދުގެ ފެސިލިޓީގައި އޭނާ އަށް ފަރުވާދޭން އެ ރަށުގެ ބަޔަކު ދެކޮޅު ހެދުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ. އޭނާ އަށް މިހާރު ފަރުވާދެނީ ހުޅުމާލެ ފެސިލިޓީގަ އެވެ.