އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ތަކުރާރުކޮށް ހިލާފުވެފައި ވާތީ އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު "ޕްރޮގްރެސިވް ކޯލިޝަން" 75،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

2020 އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" އިން "ޤައުމު ވިއްކާލުމާއި ދެކޮޅަށް" މިނަމުގައި ވަނީ ބޭއްވި ސިޔާސީ ހަރަކާތެއް ބާއްވާފައެވެ.

Ad
rt

ެއެހަރަކާތުގެ ތެރެއިން އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ ވަނީ ހުއްޓި ތިބެ ޝުޢޫރު ފާޅުކޮށްފައެވެ.

ގިނަ ޢަދަދެއްގެ މީހުންނާއިއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.

ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.