ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑުތަކަކުން 2 ފަހަރަށް ފައިސާ ކެނޑިފައި ވަނީ އޮޅުމަކުން ކަމަށާއި މައްސަލަ ހައްލު ކުރަމުން ގެންދާ ކަމަށް އެބޭންކުން ބުނެފިއެވެ.

ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ބޮޑެތި އަދަދުތަކެއް ދެ ފަހަރަށް ކެނޑިފައިވާތީ އެކަމާ ގުޅިގެން ގިނަ ކަސްޓަމަރުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ބޭންކަށް ފާޑުކިޔަމުންނެވެ.

Ad
rt

ބީއެމްއެލުން ބުނީ، ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން މެދުވެރިވާން ދިމާވި މައްސަލަ ހޯދިފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

ކާޑުން ފައިސާ ކެނޑޭ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެމީހުންގެ އެކައުންޓުގެ ހިސްޓްރީ ފެންނަ ސްކީންޝޮތްތައްވެސް ހިއްސާ ކޮށްފައެވެ.

ބީއެމްއެލުން މީގެ ކުރިން ވެސް ވަނީ މިފަދަ ކަމެއް ހިނގައިފަ އެވެ.