ހަބަރުހުސްވެގެން މަޖީދީމަގަށް ވެއްޓިފައި އޮތް ބިދޭސީއެއް ފެނިއްޖެއެވެ.

އެމީހާ ވެއްޓިފައިވަނީ މާލޭ މަޖީދީ މަގު ނަލަހިޔާ ކައިރިން މަގުމައްޗަށެވެ. ފުލުުންބުނީ އެމީހާއަކީ ބިދޭސީ ފިރިހެނެއްކަމަށެވެ. ފުލުހުންނަށް އެމަޢުލޫމާތު ލިބިފައިވަނީ މިރޭ 19:48 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

އެމީހާ ވެއްޓިފައިވަނީ ބޮލަށް އެނބުރުން އަރައިގެންކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެމީހާ ވެއްޓިފައިވަނީ ހިނގާފައި އަންނަނިކޮށްކަމަށް މަންޒަރުދުން ފަރާތްތަކުންވަނީ ބުނެފައެވެ.

އަދި އެމިހާ މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.