މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެތައް ޙަޤީޤަތެއް ޑްރާމާ ތަކެއްގެ ސިފާގައި އަޅުގަނޑުމެންނާއި ހަމައަށް ގެނެސް ދީފައެވެ.
ޔޫސޭގެ މިމަސައްކަތުގެ ބުރަދަން އޭރުވެސް މިހާރުވެސް އޮތީ ފެންނާށެވެ. ޔޫސޭގެ ލަފާކުރުންތައްވެސް މިހިރަ ލޯމަތިން ފެނި، އެ މަންޒަރުތައް ހަޤީޤަތަކަށްވެ، އެ ލަފާކުރުމުގައި ކުލަޖެހި ނިމިއްޖެއެވެ. އެހެން ކަމުން ޔޫސޭގެ މިފަދަ އެތައް މަސައްކަތް ތަކެއްގެ ތެރެއިން މިދުވަސްވަރާއި ގުޅޭ ވާހަކައެއް ދައްކައިލުން ކިހިނެއް ވާނެހެއްޔެވެ؟
ޔޫސޭ ޓުވީޓަށް ދޫކޮށްލާފައިވާ، ޔޫސޭ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެންނަށް ގެނެސްދިން ޑްރާމާއެއްގައި ފެންނަ ބިދޭސީންގެ މުޒާހަރާ ފެނުމުން މިހާރު މިފެންނަ މަންޒަރުތައް ޔޫސޭ ކުލަ ކޮށްލަ ދިން ހަނދާން ހުރީ ތީގެ ތެރެއިން ކިތައް ބޭފުޅުންނެއް ކަމެއް ނޭނގެއެވެ. ތިރީގައި މި ހިމަނާލަނީ މި ދެންނެވި ބިދޭސީ މުޒާހަރާ ހިމަނައި ޔޫސޭ ކުރި ޓުވީޓްގެ ލިންކެވެ.
ޔޫސޭ ވަނީ ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވުމުން ވެދާނެގޮތްވެސް މީގެ އަހަރުތަކެއް ކުރީން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދީފައިފައެވެ. މިހާރު މިދަނީ އެ ހުރިހާ މަންޒަރެއް ކުލަ ވަމުންނެވެ.
ފަހަކަށް އައިސް ރާއްޖެގައި ބިދޭސީން ކުރި އެންމެ ބޮޑު އެއް މުޒާހަރާ ވަނީ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ ބޮޑު ފިނޮޅުގައި ކޮށްފައެވެ. ޖުލައި 2 ވަނަ ދުވަހު 195 އެއްހާ ބިދޭސީން މުޒާހަރާ ކުރަން ނުކުތީ 13 ދިވެހިން ރަހީނުވެސް ކޮށްފައެވެ. އެ މައްސަލަ ހައްލު ކުރާން އެރަށަށް ދިޔަ ފުލުހުންނަށް، ފުލުހުން ދިޔަ ލޯންޗަށް ފުރަތަމަ އެރަށާއި ކައިރިވެސް ނުކުރެވުނެވެ. ޖެހިގެން އައިރޭ ފަތިހު އެރަށަށް އަރައި، ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 19 ބިދޭސީން ހައްޔަރުކޮށް މިހާރު ވަނީ އެމީހުންގެ މައްޗަށް ދަޢުވާ އުފުލާފައެވެ.
ދެން ފެނިގެން ދިޔަ އަނެއް މުޒާ ހަރާއަކީ ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކަމަށް ބުނެ ކުރި މުޒާހަރާއެވެ. ބިދޭސީން ހިންގި މި ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ވަނީ ގެއްލުން ވެފައެވެ.
ޖުލައި 13 ވަނަ ދުވަހު ހިންގި މިހަމަ ނުޖެހުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އެ ބިދޭސީން ވަނީ ކުރިންވެސް ހުޅުމާލޭގައި މުޒާހަރާ ކޮށްފައެވެ.
Mee filmegge manzareh noon. Hageegaiy. Bidheysee labourunge haggu hoadhumah kuraa ihuthijaj fulhaavegen dhaa manzaru. Gaumuge amaankamaa maslahathah oiy gon jehun. Gulhun huri hurihaa faraathakunves zinmaa nagan eba jehe. Qaanoon thanfeez vaan eba jehe. pic.twitter.com/rw0KvUZVZJ
— Ameen Ibrahim (@ameenmaldives) July 13, 2020
ބިދޭސީންގެ މުޒާހަރާ ނިމުމެއްނެތި އެމްބަސީތައް ކައިރިއަށްވެސް އެއްވަނީއެވެ. މާލޭގެ މައިޒާންތަކަށް އެއްވެ މުޒާހަރާ ކުރެވޭތޯ ވެސް ބަލަނީއެވެ. މި އެއްވުންތަކާއި، މުޒަހަރާތަކުގެ ފަހަތުގައި ވަނީ އެމީހުންނަށް މުސާރަ ނުދިނުމާއި، އެމީހުންގެ ޙައްޤުތަކަށް ކަމޭ ނުހިތުމާއި މިހެން ގޮސް އެތައް ކަމެކެވެ.
އެ މައްސަލަތަކުގައި އެންމެ ފަހުން އެ ބިދޭސީން އެ ދަނީ ދިވެހި ރާއްޖޭގެ ޤާނޫނީ އިމުން ބޭރުވެ، ކުށްތަކަށް އަރައި ގަންނަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެން.އެސް.ސީ.) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް ޞާލިޙް ވަނީ ޖުލައި 13 ވަނަ ދުވަހު ބައްލު ކުރަށްވާފައެވެ.
އެ ބައްދަލު ކުރެއްވުމުގައި މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ރައީސް ޞާލިޙަށް ލަފާ އަރުވާފައިވާ ކަމަށް އެދުވަހު ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޔޫސޭގެ އެ ބުނެދިނުންތަކާއި މިއަދާއި ގުޅުވާލަށްވާށެވެ. އެ މަންޒަރުތައް އެބަ ކުލަވެއެވެ.
Bidheyseen ge massala akee kuhli massala eh noon. @USAY_Official Dramaa
thakakee joke eh noon.Visnaa fikuru kuraa bayakah iburathakah nuvey tha? https://t.co/mg40cNgDUn
— dhaleyka (@4kashimathi) July 13, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!