ރޭ އިނގެރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ޝެފީލްޑް ކާމިޔާބު ކޮށްފިއެވެ. މި މޮޅާ އެކު ޝެފީލްޑް ތާވަލުގެ ހަވަނަ އަށް ޖެހިފައިވާ އިރު ކުޅުންތެރިން ގެ ފަރާތުން ފެނިގެން ދިޔަ ކުޅުމާއި މެދު ކޯޗު ކްރިސް ވައިލްޑާ ހިތްހަމަ ޖެހޭނެ ކަމާއި މެދު ޝައްކެއް ނެތެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ފެނިގެން ދިޔައީ ޗެލްސީ ގިނައިން ބޯޅަ ގެންގުޅުން ތަނެވެ. މުޅި މެޗުގައި 74% ޕޮޒިޝަން ޗެލްސީ އިން ހިފެހެއްޓި ނަމަވެސް ގޯލްޖަހާނެ ފުރުސަތެއް އުފެއްދިފައިވަނީ މަދު ފަހަރަކުއެވެ. އެހެންނަމަވެސް ޝެފީލްޑް ޔުނައިޓެޑް އިންވަނީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފައެވެ. ޝެފީލްޑްގެ ފުރަތަމަ ގޯލް 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެކްގޯލްޑްރިކް އެވެ. މައީ އެނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ކަން ފާހަގަ ކޮށްލެވެއެވެ. އެޓީމަށް ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްކޮޓްލޭންޑްގެ ފޯވާޑް މެކްބާރނީ އެވެ.
ދެވަނަ ހާފު ފެށުމުގެ ކުރިން ޗެލްސީގެ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެންޓޯނިއޯ ރޫޑިގާ އަދި މާކޮސް އޮލޮންސޯވަނީ ފެނިގެން ގޮސްފައެވެ. ތިން ޑިފެންޑަރުން ލައިގެން ޗެލްސީ ދެވަނަ ހަާފަށް ނިކުމެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ފުރުސަތު ތަކެއް އުފެއްދި ތަން ފެނިގެން ދިޔައެވެ. ގޯލެއް ނުފެނި ދެވަނަ ދަންފަޅި ކުރިއަށް ދަނިކޮށް މެޗުގެ 77 ވަނަ މިނެޓުގައި މެކްގޯލްޑްރިކް ވަނީ ދެވަނަ ލަނޑެއް ކާމިޔާބު ކޮށް ޝެފީލްޑް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ބޮޑު ތަފާތަކުން ބަލިވެގެން ދިޔަ އިރު ޗެލްސީގެ ޑިފެންޑަރުންގެ ފަރާތުން ފެނިގެން ދިޔައީ އެންމެ ރަނގަޅު ކުޅުމެއް ނޫނެވެ. މެދުކެނޑުމަކަށްފަހު އިނގެރޭސި ޕްރިމިއާ ލީގު އަލުން ފެށިގެން މިހާތަނަށް ކުޅުނު ހަ މެޗުގައި ޗެލްސީ ކޮޅަށް 10 ލަނޑު ވަދެފައި ވާއިރު ޓީމުގެ ބައެއް ޑިފެންޑަރުން އަދި ކީޕަރާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މެޗުގެ ނަތީޖާ އަކީ ޗެލސީ އިން ގަދަ ހތަރަކަށް ކުރާ އަމާޒަށް ކުރިމަތި ވި ގޮންޖެހުމަކަށް ވާއިރު ހަތަރު ވަނައިގަ އޮތް ލެސްޓާ އާއި ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ލިބުނު ތިން ޕޮއިންޓާއެކު ހަވަނަ އަށް ޖެހިފައިވާ ވާއިރު މި ނަތީޖާ ވެގެނދާނީ މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޝެފީލްޑް ޔުނައިޓެޑްގެ ކުޅުންތެރިންނަށް ލިބޭ އިތުރު ހިތްވަރިކަށެވެ.
ޗެލްސީ ބަލިކޮށް ޝެފީލްޑް ތާވަލުގެ 6 ވަނަ އަށް
ޒިޔާން އަމްޖަދު
15:45
ޚުލާޞާ
ރޭ އިނގެރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ޝެފީލްޑް ކާމިޔާބު ކޮށްފިއެވެ. މި މޮޅާ އެކު ޝެފީލްޑް ތާވަލުގެ ހަވަނަ އަށް ޖެހިފައިވާ އިރު ކުޅުންތެރިން ގެ ފަރާތުން ފެނިގެން ދިޔަ ކުޅުމާއި މެދު ކޯޗު ކްރިސް ވައިލްޑާ ހިތްހަމަ ޖެހޭނެ ކަމާއި މެދު ޝައްކެއް ނެތެވެ. މެޗުގެ ފުރަތަަމަ ހާފުގައި ފެނިގެން ދިޔައީ ޗެލްސީ ގިނައިން ބޯޅަ ގެންގުޅުން ތަނެވެ. މުޅި މެޗުގައި 74% ޕޮޒިޝަން […]
ބައިތައް
ކުޅިވަރު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!