ތިލަފުށީ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫޑަށް ވެއްޓުނުފަހުން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ތިލަފުށި އުތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ބޯޓުން ވެއްޓުނު ބިދޭސީ މީހާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން މިރޭ 00:22 ހާއިރު، ކަނޑުގެ 51 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ފެނިފައިވާކަމަށެވެ.

Ad
rt

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ބިދޭސީ މީހާ އަކީ އިންޑީޔާ މީހެއްކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މަޢުލޫމާތުދީފައިވެއެވެ.

ސިފައިން ބުނީ އެ ބޯޓުން ބިދޭސީ ދެ މީހަކު މޫދަށް ވެއްޓުނު ކަމަށާއި އެތަނުން އެކަކު ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުުރުކުރި ދޯންޏަކަށެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދިނުމަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.