އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަލުން ކަސްޓަމަރުންނަށް ހުޅުވާލައިފިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ރޭގަނޑު 9:00އަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވާފައި ހުންނާނެ ކަމަށެވެ.

Ad
rt

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަލުން އާންމުންނަށް ހުޅުވާލާފައި މިވަނީ ކޯވިޑް19ގެ ސަބަބުން މާލެ ސަރަޙައްދުގައި އިއުލާންކުރި ލޮކްޑައުންގެ ސަބަބުން ފިހާރަ ބަންދުކޮށްފައި ހުރުމަށްފަހުގައެވެ.

އެސްޓީއޯ ހޯމް އިންޕްރޫވްމަންޓް ހުޅުވާލިނަމަވެސް ޙިދުމަތް ހޯދަން އަންނައިރު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެސްޓީއޯއިން އިލްތިމާސްކުރެއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެސްޓީއޯއިން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އައިސްފައިވަނީ އޮންލައިންކޮށް ވެބްސައިޓުން އޯޑަރު ނެގުމަށްފަހު ޑެލިވަރީ ކޮށްދީގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލީ އެސްޓީއޯ ސުޕަމާޓުން ވިއްކާ މުދާ ގަތުމަށެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ މުދާ އޮންލައިންކޮށް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. މިމަހުގެ ކުރީކޮޅު އެސްޓީއޯގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް، އީ-ސްޓޯރ.އެމްވީ މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ގަތުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.