އެވޭލާ ޒަމާނުގައި ދިވެހިންނަކީ ދިވެހިންގެ އަމިއްލަ މަސައްކަތުން ކާންބޯން އެއްޗެހި ހައްދައި ބޭނުން ކުރި ބައެކެވެ. އެގޮތުން އެ ހައްދާ އެންމެ ބާވަތަކުންވެސް އަހަރެމެންގެ ކާބަފައިން ދެތިން ވައްތަރުގެ އާ އުފެންދުންތައް ނެރެއެވެ. އޭގެ ތެރެއިން މިހާރު އަހަރެމެންނާ ހިސާބަށް އައިސްފައިވަނީ މަދު އެއްޗެހި ތަކެކެވެ.
އޭގެ ތެރެއިން މި އާޓިކަލް ގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ ދިވެހިންގެ ތެރޭގައި އެ ކާއެއްޗަކުން އުފެއްދޭ ނުވަތަ ތައްޔާރު ކުރާ ކާނާއި މެދު އެންމެ ބޮޑަށް ދެބަސްވެވޭ ފަލަމަޑީގެ ބާވަތެއް ކަމަށްވާ ބަނބުކޭލުގެ މައްޗަށެވެ.
ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި ދިވެހިން އެންމެ ބޮޑަށް ކާނާއަށް ބަރޯސާވި ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮގަސް ހިމެނުނު އިރު، އޭރު ދިވެހިން ބަބުކޭލާއި، ބަނބުކެޔޮގަހުގެ ތޮޅި އާއި، ބަނބުކެޔޮ ފަތުގެ ތަނޑިވެސް ކައިއުޅުނެވެ. މިހާރު ބަނބުކޭލަކީ ސުޕަރ ފުޑްއެއްގެ ގޮތުގައި ބަލާ ބާވަތެކެވެ. އަދި ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށް ބޭނުން ކުރެވިދާނެ ކާނާއެއްކަމަށް ބަނބުކެޔޮ މިއަދު މިވަނީ ވެފައެވެ.
ކުރިންވެސް ބުނިހެން ބަނބުކޭލަކީ އޭގެން އެތައް ވައްތަރެއްގެ ކާނާ ތައްޔާރު ކުރެވޭ އެއްޗެކެވެ. އެގޮތުން ބަލާއިރު ތެލުލި ކެޔޮ، ލޮނު މަސް، ފެނުކެއްކި ބަނބުކެޔޮ، ބަނބުކެޔޮ ބޮނޑިބަތްފަދަ ކާއެއްޗެހި ހިމެނެއެވެ. މި ފަލަމަޑީގެ ބާވަތަކީ އަހަރެމެންނަށް ނޭގުނަސް އޭގެން އެތައް ގިނަ ގުނަ ފައިދާ ތަކެއް އަހަރެމެންނަށް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް އެއީ ތެއްލި ކޭލަކުންނޫނެވެ.
ރާއްޖޭގެ ގެ މަޝްރަހުގައި އެކި މޫސުމަށް އެކި ވާހަކަތައް ތިލަވެ ކުރި ފަޅައި ހެދުމުން ދާއިރު މި ދުވަސްވަރަކީ ފަތު އަޑު ކިޔާފައި ބަނބުކޭލުގެ ވާހަކަ ދައްކަމުންދާ ދުވަސްވަރެކެވެ. ނަމަވެސް ގިނަ މީހުން ސިޔާސީ ކަމެއްގެ ތެރެއިން މި ވާހަކަތައް ދައްކާއިރު މީ ހަގީގަތުގައިވެސް ކޮންމެ މީހެއްގެ އަމިއްލަ ސިއްހަތައް ކިހާ ރަނގަޅު އެއްޗެއްކަން އެއްފަހަރު ނަމަވެސް ވިސްނާލުން ރަނގަޅު ކަންނޭގެއެވެ.
ބަނބުކޭލަކީ ލޭގައި ހިމެނޭ ހަކުރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދިނުމާއި، ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމާއި، ނޭވާ ހިއްލުމުގެ އުނދަގުލުން ފަސޭހަކޮށްދިނުމުގެ އިތުރުން ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދޭ ބާވަތެކެވެ. އަދި ހަމަ އެހެންމެ ލޭގައި ހިމެނޭ ނުރަނގަޅު ސަރުބީ ދަށްކޮށް ދިނުމާއި، ރަނގަޅު ސަރުބީގެ ނިސްބަތް މަތިކޮށް ދިނުމާއި ލޭގައި ސަރުބީ ދަށްކޮށް ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ބަނބުކޭލުން އެހީތެރިކަން ލިބެއެވެ.
މީގެ އިތުރުން ޕްރޮޓީން އާއި ކާބޯ ހައިޑްރޭޓްސް އާއި ފައިބަރ އާއި ފޮސްފަރަސް އަދި ޕޮޓޭސިމް އާއި ކެލްސިއަމާއި އަޔަން ބަނބުކޭލުގައި ހިމެނެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންގެ ތެރެއިން ވިޓަމިން އޭ އާއި ވިޓަމިން ސީ ވެސް ބަނބުކޭލުން ލިބެއެވެ.
ބަނބުކެޔޮ ގަހަކީ އުމުރު ދިގު އަދި ބިޔަކޮށް ހެދޭ ގަހެކެވެ. އަދި ބަނބުކެޔޮ މޫސުމުގައި އެއްފަރާ ގިނަ އަދަދެއްގެ ކެޔޮ އަޅާގަހެކެވެ. އާއްމުގޮތެއްގައި ބަނބުކެޔޮގަހުން އަހަރަކު ތިންފަހަރު ބަނބުކެޔޮ ލިބޭނެއެވެ. އިހުޒަމާނުއްސުރެންވެސް ދިވެހިން ގޯތިތެރޭގައި ބަނބުކެޔޮގަސްތައް ހައްދައި އުޅުނީ އެގަހުގެ ފައިދާ އާއި މަންފާ ބޮޑުކަމުންނެވެ.
އެހެންކަމުން ބަނބުކޭލުގެ ވަކި ވައްތަރެއް މީރޭ ނުވަތަ ނުބައޭ ކިޔައި، ބޮޑާ ހޭކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ.؟ ފަލަމަޑީގެ މި ބާވަތަކީ ސިއްހީ ފައިދާ ތަކުން މުއްސަދިވެފައިވާ، ދިވެހިންގެ ލެޔާއި ކުޅެލާ ބާވަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!