މުޅިދިރިއުޅުން ލޮކްވެގެން ތިބޭތާ މިހާރު ދެމަހާއި ގާތް ވަނީއެވެ. އެއް ހަފްތާއިން އަނެއް ހަފްތާއަށް ދަނީ ލުއި ވަމުންނެއެވެ. މި ހިސާބަށް އާދެވުނު އިރު ކަންމަތީ ފިހާރަތަކުން ފުދޭވަރަކަށް ޑެލިވެރީ ހިދުމަތަށް އެދެވިއްޖެއެވެ. އެއީ ހައްތަހާވެސް ރައްކާތެރިކަން ލިބިގަތުމަށެއެވެ.
ބޭރަށް ނުގޮސް ފުއްދާލެވޭތޯއެވެ. ހޯދި ޑެލިވަރީ ހިދުމަތުގައި އެންމެ ގިނައިން ގެއަށް އެތެރެ ކުރެވުނީ ފެނާއި ކޮފީއެވެ. މިއީ ބައެއް މީހުންގެ ލިސްޓް ކުރީގައި އުޅޭ ބާވަތެވެ. ބައެއް އަންހެން ވެރިންގެ ޑެލިވެރި ލިސްޓްގައި ކުރި ހޯދާފައިވަނީ ލޯޖެހި ހަވާދެވެ.
ދިވެހިންނަކީ އާންމުކޮން ގިނައިން ފެން ބުއިމުގެ އާދަ ނެތް ބަޔަކަށް ވިޔަސް ކޮފީ ބުއިމުގައި ތަންކޮޅެއް ކުރީގައި އުޅޭ ބައެކެވެ. ފުރަބަންދުގެ ހާލަތު ނެތް އިރު މީހަކު ގުޅާލިޔަސް އަމިއްލައަށް ވެސް ވަރަށް ކޮފީ ވާނެއެވެ. މިތިބީ މިވެނި ބަޔަކާ އެކު ކޮފީގަކަމަށް ބުނެވެ.
އެހާ ކޮފީއާއި މެދު ސައުގުވެރިކަން ބޮޑެއެވެ. އާންމުކޮން ކޮފީ ތަކުން ނާރާ މީހުން ވެސް މި ފަހަރު ގޭގައި ތިބެން ޖެހުނީމަ ކޮފީ ބޯވަރު ގޭގައި ނަގާ ކިޔާ އަންހެންވެރިންނަށް އެނގުނެއެވެ.
މީސްމީޑިއާގައި އަންހެނަކު ލިޔެފައި އޮތް ޕޯސްޓެއް ފެނުނެއެވެ.
ލޮކްޑައުން ނުވާއިރު މަގޭ ފިރި ކޮފީއިން ނާރަ. ގޭގައި ދުވަސްކޮޅަކަށް ގިނަ ވަގުތު ތިބެން ޖެހުނީމަ އެނގުނީ ކޮފީ ބޮވޭވަރު. ކޮފީ އެންމެ ފުޅިއެއް ހުސްކޮށް ނުލެވުނު
އެ އަންހެން މީހާގެ އުދާސްތައް އޮއްސާލަމުން ބުނެފައިވ ވަނީ މިހެންނެއެވެ.
ހާލުގައި ޖެހުނުކަމަށް ބުނާ ދެވަނަ ބަޔަކީ ލަވާޒާ ނޫނީ އިލީ ކަރުތެރެއިން ނުވަންނަ ކަމަށް ބުނާ މީހުންނެވެ. އާންމުކޮން ކެފޭ ތަކުން ލިބެން ހުންނަ ކޮފީތައް އަމިއްލަ ގޭގައި ތައްޔާރު ކުރެވެން ނެތުމުން މިމީހުންނަށްވެސް ޖެހުނީ ފިހާރަތަކުން ލިބެން ހުރި އިންސްޓެންޓް ކޮފީ ބޯށެވެ. ފުރަބަނދު ނިމުނު އިރު މިކޮފީތަކަށް ހުރީ ހޭނިފައިކަމަށް ބުނެއެވެ.
ކޮފީތަށްޓެއް ބޮއެގެން ނޫނިއްޔާ ވިންދު ނުޖަހާ މީހުންގެ ހާލަތާއި މެދު ތަސައްވަރު ކޮށްލަން އުނދަގުލެވެ. އެއީ ކޮފީ އާދަވެރިންނެއެވެ. ދެވި ހިފާފައި ތިބި މީހުންނެވެ. މި މީހުންގެ ކޮފީގެ ޖޯސާއި ފޯރިގަދައެވެ.
އެއީ އަދި ބައެއް މީހުން ހުރި ހިތްވަރެވެ. އަދި ކެފޭތަކުގައި ނަގާ ކިޔާ ރިޕީޓް ކަސްޓަމަރުން މި ފަހަރު ފުރަބަންދުގައި ގޭގައި ތިބި އިރު ކިތައް ފުޅި ކޮފީ ހުސްކުރިބާއެ މި ހަމަ އުފެދޭ ސުވާލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!