ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބިކަ ހާލުގައި އުޅޭ ކުދިން ނުހަނު ގިނައެވެ. ޢާއިލާ ތަކާއި ދުރުގައި، އަދި އާއިލާއެއް ނެތި ބިކަވެ އެކަނިވެރިކަންމަތީ އުޅޭ ކުދިންވެސް އެހާމެ ގިނައެވެ. މި ހިނގާ ޖޫން މަހުގެ 12 ވަނަ ދުވަހަކީ އާއިލާތަކަށް ޓަކައި ނުވަތަ ކާންބޯން ބޭނުންވާތީވެ މަސައްކަތް ކުރަން މަޖުބޫރުވެފައިވާ ކުޑަކުދިންގެ ހައްގުގައި ފާހަގަކުމުންދާ ދުވެހެވެ. " ވޯރލްޑް އެގެއިންސްޓް ޗައިލްޑް ލޭބަރ ޑޭ" އެވެ.

އަހަރެމެން އުފަލާއި އަރާމުގައި ދުވަސްތައް ގުނަމުން ދާއިރު އެކުދިން ތިބެން ޖެހެނީ މާދަން ކާނެ އެއްޗެއް ނުވަތަ ބޯނެ ސާފު ފެންފޮދެއް ނުލިބިދާނެތީ އެކަމާ ވިސްނާ ފިކުރުމުގައެވެ. ނުވަތަ ބަޔަކަށް އަޅު މަސައްކަތް ކޮށްދީގެން ކާންބޯނެ އެއްޗެއް ހޯދުމައް މަސައްކަތެއް ހޯދުމުގައެވެ. މިފަދަ ކުދިން މިހާލުގައި މަސައްކަތް ކުރަން ޖެހިފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ވެފައިވަނީ ފަގީރުކަމެވެ.

Ad
rt

ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް ނަވާރައިގެ ބަލިމަޑުކަން ވެފައިވަނީ މިފަދައިން މަސައްކަތްކުރާ ކުދިންގެ އަދަދު މަތިވެގެންދާނެ ސަބަބެއް ކަމުގައެވެ. ސަބަބަކީ މި ބަލިމަޑުކަމާއިއެކު، ދުނިޔޭގެ ބޮޑެތި ކުންފުނިތައް އިނދަޖެހުމާއި އާއިލާތަކަށް ލިބޭ އާމްދަނީ ކުޑަވުމެވެ.

ދުނިޔޭގެ އެކި ބައްރުތަކުގައި މިފަދަ އެތައް ކުދިންނެއް އުޅެމުން ދާއިރު، މިސާލެއްގެ ގޮތުން ރާއްޖެއާއި އެންމެ ކައިރީ ގައިވާ އަވަށްޓެރި އިންޑިއާއަށް ބަލާލިއަސް ފެންނަންއޮތީ ހިތް ފަޅައިގެން ދާވަރުގެ ހިސާބު ތަކެކެވެ. އެ ޤައުމުގެ ހިންދުންތާން ޓައިމްސްގައި ޖޫން 12 ވަނަ ޝާއިރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން އެ ޤައުމުގެ ފަސްދޮޅަސް ދެ އިންސައްތަ ކުދިންނަކީވެސް އަޅުމަސައްކަތް ކޮށްގެން ދިރިއުޅެން ޖެހިފައިވާ ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ 14-5 ދެމެދުގެ ކުދިންނެވެ. އެގޮތުން ދަނޑުވެރިކަން ކުރުމާއި މަސްވެރިކަމަކީ އެފަދަ ކުޑަކުދިން ދުވާލެއްގެ މައްޗަށް އަރާމެއް ނެތި ކުރަމުންދާ މަސައްކަތްތަކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާލަތު ތަޖުރިބާ ކުރަން މަޖުބޫރުވެފައިވާ ކުދިން އެތައް އަނިޔާ ތަކާއި ކުރިމަތިލާންޖެހޭ ކަމަކީވެސް ހިތާމައިގެ ކޮޅެއް ނެތްކަމެކެވެ. އެފަދަ ކުދިންނަށް ލިބޭ އަނިޔާތަކަށް ބަލާއިރު ހިއުމަން ޓްރެފިކިން ނުވަތަ މި ވިފާރި މީ އިންޑިއާ ފަދަ ބައެއް ގައުމުތަކުގައި އާންމު ކަންތަކެވެ.

އެގޮތުން ބަލާއިރު ރާއްޖޭގައި ވެސް އަޅުގަނޑުމެންނަށް ނޭންގިމިފަދަ ކުށްތައް ކުރަމުންދާ ކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަށާރަ އަހަރު ނުފުރި ތިބޭ އަވައްޓެރި ބައެއް ގައުމުތަކުން ކުދިން ގެނެސް މުސާރަ ނުދީ މަސައްކަތް ކުރުވާ މައްސަލަ ދޭތެރެ ދޭރެއިން މީސް މީޑިއާއަށް ތިލަވެއެވެ.

މިއަދު 152 މިލިއަން އާއި ގާތް ކުރާ އަދަދަކަށް ދުނިޔޭގައި އަޅު މަސައްކަތްކުރާ ކުދިން އުޅޭ އިރު މިކަމާއި ވިސްނާ ބައެއް ނެތް ކަމީ ހިތާމަހުރި ކަމެކެވެ.

އިންސާނިއްޔަތުކަން އިސްކޮށް، ލާއިންސާނީ އަމަލުތަކުން ދުރުވެ، ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައި، ކޮންމެ ހާލަތެއްގައިވެސް މިފަދަ ކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ހިމާޔަތް، އެކުދިންނަށް އަޅާލުމާއި ލޯބި ލިބުން އެދެމެވެ. އަޅުގަނޑުމެންގެ ހެޔޮ ދުޢާތައްވަނީ މިކުދިންނާއިއެކުއެވެ.