އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެއްރަށުން އަނެއް ރަށަށް ހުއްދަނެތި ދަތުރުކުރެވޭނެ ކަމުގައި ސަރުކާރުން ހާމަކުރަށް ވައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރެޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ޢަބްދު ﷲ ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުގެ ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި މާލެ ސިޓީ ފިޔަވައި، އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ.
މިހާލަތުގައި ވައިގެ މަގުން ކުރާ ދަތުރު ތަކަށްވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޝައިނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތަކުންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއެކު ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ފިޔަވައި އެއްރަށުން އަނެއް ރަށަށް ހުއްދަނެތި ދަތުރުކުރެވޭ ގޮތަށް ހުއްދަދޭން ނިންމިއިރު ރާއްޖޭގައި އެންމެ ގިނަ ކޯވިޑް ކޭސްތައް ފެނުނު މާލެ ސިޓީއަށް ދަތުރުކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ހުއްދަތަކާއިއެކު ކަމަށްވެސް ޝައިނާ ވިދާޅުވިއެވެ.
ކޯވިޑް ފެތުރުނަ ނުދިނުމަށް އެޅި ރައްކާތެރިމުގެ ފިޔަވަޅުތެރޭގައި ސަރުކާރުން މުޅި ރާއްޖޭގައި ފުރަބަންދުގެ ހާލަތު ޢިއުލާނު ކުރިއެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
މި ފިޔަވަޅުތަކާއެކު މިހާތަނަށް ހަމައެކަނި ދަތުރުފަތުރު ކުރުމުގެ ހުއްދަ ދީފައިވަނީ ރަށްރަށަށް ބެނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން ވަނީ މުޅި ރާއްޖޭގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ.
ރާއްޖެއިން މިހާތަނަށް 1976 މީހަކަށް ވަނީ މިބަލިޖެހިފައެވެ. އޭގެ ތެރެއިން 1153 މީހުން މިހާތަނަށް ރަނގަޅުވެފައިވާއިރު، 8 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.
ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިވަގު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 306 މީހެކެވެ. އައިސޮލޭޝަންގައި ތިބީ 789 މީހުންނެވެ.
ރާއްޖެއިން އިއްޔެ މިބައްޔަށް ޕޮޒިޓިވްވީ 8 މީހުންނެވެ. އޭގެ ތެރޭގައި 2 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!