މާލެ ސަރަހައްދަށް ބިލިޔަނުން ހަރަދުކުރަންވާނީ، ރާއްޖެތެރޭ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދީފައިކަމަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރ މޫސާ ސިރާޖު ބުނެފިއެވެ.

މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދަށް ބިލިޔަނުން ކުރާ ހަރަދާ ގުޅިގެން އަބަދުވެސް ގަބޫލުކުރަނީ ބިލިޔަނުން މާލެ ސަރަހައްދަށް ހަރަދުކުރަންވާނީ ރާއްޖެތެރޭ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ގާއިމު ކޮށްދިނުމަށް ފަހު ކަމަށެވެ.

Ad
rt

ސިރާޖުގެ ޓުވީޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން ބުނެފައިވަނީ މާލެ ސަރަޙައްދުގެ ޕްރޮޖެކްޓްތައް އަބަދުވެސް ހިނގާކަމަށާއި ލަސްވަނީ އަދި ފަސްވަނީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ދިނުމާއި ގުޅޭ ޕްރޮޖެކްޓްތައްކަމަށެވެ.

ގުޅީފަޅުގެ މަޝްރޫޢުއާއި އެކު މާލެ އާއި ރާއްޖެތެރޭގެ ބަހުސް މީޑިޔާގައި މިދުވަސްވަރު އަނެއްކާވެސް ވަނީ ގަދަވެފައެވެ. ސިރާޖުގެ މިޓުވީޓަށް ގިނަބަޔަކު ވަނީ ރައްދު ދީފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ މަޖިލިސް ތަޅުމުގައި ތިޔަވާހަކަ ދެއްކުން ބުއްދިވެރިކަމަށާއި ކަމާބެހޭ މިނިސްޓަރުން ހާޒިރުކޮށް ނާގާބިލު މިނިސްޓަރުންގެ ނޯކޮންފިޑެންސް ވޯޓު ނަގާ ބޭރުކުރުމަށް ގޮވާލާފައެވެ.

ޤަބޫލް ކުރުމަކުން ނުފުދޭ. ކޮބާ ވޯޓެ ހޯދަން ވިއްކި އަތޮޅުތެރޭގެ ތަރައްޤީގެ ވާހަކަ؟ އަތޮޅުތެރޭ އެމްޕީސް ފައިޓު ނުކޮށް ދެން ކޮން ބައެއް އެކަމާ އުޅެން ތިބީ؟ ރަށްރަށުގައި ނަޖިހުން ފެންވަރައިގެން ތިއްބަސް އޯކޭ ދޯ؟

ހއ. ބާރަށަށް ނިސްބަތްވާ ޒުވާނަކު ދިން ރައްދެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިތުރު މީހަކު ސިރާޖު ސުވާލު ކުރަމުން ބުނެފައިވަނީ ސިރާޖު ނިސްބަތްވާ އެމްޑީޕީއަށް ފުރިހަމަ މެޖޯރިޓީއެއް މަޖްލިސް އިންތިހާބުގައި ރައްޔިތުން ދިނީ އެކަން ކުރަން ނޫންތޯ ސުވާލުކޮށްފައެވެ.

މާލެ މީހުން ނުބުނޭ މާލެ ސަރަހައްދު ތަރައްޤީ ކުރާކަށް، މާލެ މީހުން ބޭނުން ވަނީ ރާއްޖެތެރެ ތަރައްޤީކޮށް ، މާލޭގަ އޮތް ރާއްޖެތެރޭ މީހުން އެ މީހުންގެ ވަޒަނަށް ދާން. ރައްޔިތުންގެ މަޖިލިސްގައި ތިއޮތީ ރާއްޖެތެރޭ މެޖޯރިޓީ، ބޭނުން ގޮތް ހަދާބަލަ. ގުޅީ ފަޅު ހިއްކާފަ މާލެ މީހުންނަށް ގޯތި ދީފަ، ތި ޕްރޮޖެކްޓް ގެންދެބަލަ ރާއްޖެތެރެއަށް. ވީ ޑޯންޓް ނީޑް އިޓް، ވީނީޑް ބޯހިޔާ ވަހިކަން

މާލެއަށް ނިސްބަތްވާ މީހަކު ސިރާޖްއަށް ރައްދުދެއްވަމުން ބުނެފައިވެއެވެ.

ގުޅީފަޅުގެ ޕޯޓް ޕޮރޮޖެކްޓްގެ ވާހަކަ މިދުވަސް ވަރުގައި އިންތިހާއަށް ގަދަވެފައިވާއިރު މިސަރުކާރުން އުތުރުގައި ގާއިމް ކުރަން ބުނެފައިވާ އުތުރުގެ ޓްރާންސިޕްމަންޓް ބަނދަރުގެ އެއްވެސް އިޝާރާތެއް ނުވެއެވެ.