މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ، މަޖިލިސްގައި ބާއްވަން ނިންމައިފިއެވެ.

ފުރަބަންދުގެ ސަބަބުން ފަހަކަށް އައިސް މަޖިލިސް ޖަލްސާތައް ބާއްވަމުން އައީ އޮންލައިނުކޮށެވެ.

Ad
rt

ރައްޔިތުންގެ މަޖިލިސްގެ އިދާރާއިން ބުނީ ‏މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.

މާދަމާ ހެނދުނު 11 ޖަހާއިރު ފަށަން ނިންމާފައިވާ މިޖަލްސާގެ އެޖެންޑާ މިހާރު ވަނީ މަޖިލިސްގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެވެ.

މަޖިލީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމުތައްވެސް ހާމަ ކޮށްފައެވެ. މިގޮތުން މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، އެ މެމްބަރުން ތިއްބަވާނީ އެޗްޕީއޭއިން އަންގަވާފައިވާ ދުރުމިނުގައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަޖިލީހުން ވަނީ މަޖިލިސް މެމްބަރުންނާއި، މުވައްޒަފުން މާސްކު އަޅައިގެން ތިބޭ ގޮތަށް ހަމަޖައްސާފައެވެ.