ދިވެހިރާއްޖޭގައި މިއޮތީ އިޤްތިޞޯދީ އަދާލަތު ހަނިކޮށް، ފައިސާ ތާށިކުރުމުގެ ސިޔާސަތެއް ކަމަށާއި މިސިޔާސަތު ނިމުމަކަށް ގެންނަން ޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިހެން ވިދާޅުވީ ދުނިޔެއަށް ދިމާވެފައި މިވާ ޕެންޑެމިކް އާދަ ކޮވިޑް19 ގެ ސަބަބުން ސަރުކާރުން ހިިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ތަންފީޒް ކުރުމާމެދެ ރައްޔިތުންގެ މަޖްލިސްއިން ދެކޭގޮތް ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖްލިސްއަށް އިއްޔެ ހުށައެޅުނު މައްސަލައާއި ގުޅިގެން މާލިއްޔަތު ކޮމެޓީން ހުށައަޅާ ރިޕޯޓަށް ތާއިދުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާސިރު ވިދާޅުވީ ވިޔަފާރި ފެށުމަށް ބޭނުންވާ ދަރަނި އިންތިހާއަށް ތާށިކޮށްފައިވާއިރު، ބޭންކު ތަކުން ދަރަންޏަށް ނަގާ އިންޓަރެސްޓް އޮތީ ކުރާ މަސައްކަތާއި ލިބޭ އާމްދާނީ އާއި އަޅާބަލާއިރު އަތްނުފޯރާފަށުގައިކަމަށާއި އަދި ހަމަ ދަރަނި ނެގުމަށް އެތަކެއް ދަތި ޝަރުތުތަކެއް ކުރިމަތިކޮށްފައިވާ އިރު ކުދި ދަރަނިތަކަށްވެސް ރަހުނެއް ބަހައްޓަން ވަނީ މަޖުބޫރު ކުރުވިފައިކަމަށެވެ.
އަޅުގަނޑު ދެކޭގޮތުގައި ދިވެހިންގެ ބޭންކް، އާދެ ބޭންކޮ އޮފް މޯލްޑިވްސްގެ މިއަދުގެ އެންމެ ބޮޑު ބޭނުމަކަށްވާންވާނީ ދިވެހިރާއްޖޭގެ އިޤްތިޞޯދު ކުރިއެރުވުމަށް ދިވެހި ވިޔަފާރިވެރިންނަށް އަދި ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަސޭހަކޮށްދިނުން. 2020 ވަނަ އަހަރުގެ ފުރަތަކަ ކުއާޓަރގެ ބޭންކް އޮފް މޯލްޑިވެސްގެ ޓެކްސް އުނިކުރުމަށް ފަހު ފައިދާ އަކީ 291މިލިއަން ކަމަށްވާއި ދިވެހިންގެ ބޭންކުގެ ބޭނުމަކީ މި އަދަދު އިތުތުކުރުމެއްނޫން
ޔާސިރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.
މީގެ ިއތުރުން ޔާސިރު ވިދާޅުވީ ކުރިއަރާފައިވާ ވިޔަފާރީގެ މާހައުލެއް ޤާއިމް ކުރެވިއްޖެ ނަމަ ދައުލަތަށް ބޭންކް އޮފް މޯލްޑިވްސް 2019 ވަނަ އަހަރު ދެއްކި 65 މިލިއަން އަށް ވުރެ މާބޮޑު ފައިދާއެއް ކުރާނެކަމަށެވެ. ދިވެހިރާއްޖޭގެ ވިޔަފާރި ބޭންކު ތަކަށް މިމަގަށް މަސައްކަތްކުރުމުގައި އެތަކެއް ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ މިދަތިތައް ހައްލުކުރުމަށް ޤާނޫނުތަކަށާއި މަޒުކަޒީ ބޭންކުގެ ޤަވާއިދު ތަކަށް ގެންނަށް ޖެހޭ ބަދަލުތައް އަވަހަށް ގެނެވި މި ދިވެހިރާއްޖޭގައި މިއޮތް ޒަމާންވީ ފައިސާ ތާށިކުރުމުގެ ސިޔާސަތު ނަތްތާލުމަކީ ރާއްޖޭގެ އިޤްތިޞޯދު ކުރިއެރުވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތައް ކަމުގައި އަޅުގަނޑު ފާހަގަ ކުރާކަމަށެވެ.
ޤައުމެއްގެ އިޤްތިޞޯދު ކުރިއަރިދާނީ އެޤައުމެއްގެ ވިޔަފާރިތައް ކުރިއަރާ ގޮސްގެން، ދިވެހިރާއްޖޭގެ އިޤްތިޞޯދު ނަގާ ކޮޅަށްޖެހުމަށް މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ވަންނަން ތައްޔާރަށް އެތެކައް ދިވެހިދަރިންނެއް އެބަތިބި، މި އިޤްތިޞޯދު ކޮޅަށް ޖަހަން އެހީވެދޭން އެތަކައް މުއްސަނދި ވިސްނުންތަކާއެކު ދިވެހި ލޭހިނގާ ޒުވާނުން އެބަތިބި. ބޭނުންވަނީ ކަންކަމަށް ފަސޭހަ މާހަޢުލެއް. އެފަރާތްތަކަށް އެމަސައްކަތުގެ ތެރެއަށް ވަދެވޭނެ ފަސޭހަ މަގެއް.
ޔާސިރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.
2020 ފެށީ ކަނޑައެޅި ބޮޑު ބަޖެޓާއި އެކީކަމަށާއި 2020 ވަނަ އަހަރު ފަށަންބޭނުންވި އުންމީދި ތަރައްޤީގެ ޕްރޮޖެކްތައް މިއަދު މިވަނީ ހުއްޓާލަން ޖެހިފައިކަން ޔާސިރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދައަލަތަށް އާމްދަނީ ލިބޭނެ ދޮރުތައް މިއަދު މިވަނީ ބަންދުވެފައިކަމަށާއި އަމިއްލަ ފަރުދުން ކުރަމުން އައި މަސައްކަތް ހުއްޓިއްޖެކަމަށާއި މާޒިވެ ދިޔަތަނުން އަޅުގަނޑުމެން ބޮޑުތަނުން ފިލާވަޅު ދަަސްކުރަންޖެހޭކަމަށް ޔާސިރު ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!