މިދުވަސްވަރަކީ ޑެލިވަރީގެ ޚިދުމަތް ވަރަށް ފުޅާކޮން ކުރެވެމުން އަންނަ ދުވަސްވަރެކެވެ. ޑެލިވަރީގެ ޚިދުމަތް އަވަސް ކުރުމާއި ރައްކާތެރި ކަމަކީ އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމެވެ. ދެފުރޮޅުލީ ބައިސްކަލްގެ މުއްގަނޑުގައި ބިހާއި ބިއްލޫރި ފުޅި އަދި ފުށާއި ހަކުރުގެ ބާވަތް އަޅުވައިގެން އެއްތަނުން އަނެއްތަނަށް ގެންދިއުމީ އެންމެ ރައްކާތެރި ގޮތެއްނޫނެވެ.
މިކަމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ރައްކާތެރި ގޮތަކީ ތިން ފުރޮޅުލީ ފަހަތުގައި ބޮޑު ވަށިގަނޑެއް އިންނަ (ޓްރައިސްކަލް) ބައިސްކަލްއެވެ. އާންމުގޮތެއްގައި ރިސޯޓުތަކުގައި ބޭނުން ކުރަމުން އަންނަ މީގެ ބައިސްކަލް ރަށަރަށުގައިވެސް މިވަނީ އާންމުވެފައެވެ. އަގުހެޔޮ ވެފައި މީގެ ސްޕެއަރވެސް ލިބެން ހުރުމުންނެވެ. މީގެ ބައިސްކަލާއި އާދައިގެ ބައިސްކަލް އެންމެ އަގުހެޔޮކޮން ލިބެން ހުރީ ބެސްޓްބަޑީ އިންނެވެ. މާލޭގެ އިތުރުން ކުޅުދުއްފުށީގެ ފިހާރައިންވެސް ލިބޭނެއެވެ.
ފުރަބަންދާއި ގުޅިގެން ފިހާރަ ބަންދުކޮށްފައި ހުރިކަމުގައި ވިޔަސް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ބެސްޓްބަޑީއިން ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. މާލެ އާއި ކުޅުދުއްފުށީގައިވެސް ބަނދަރުގައި އޮންނަ ބޯޓަށް ނުވަތަ ގެޔަށް ހިލޭ ގެންގޮސް ދިނުމުގެ އިންތިޒާމް އެފަރާތުން ހަމަޖައްސަދޭނެއެވެ.
ބެސްޓް ބަޑީއިން މަޢުލޫމާތު ދޭގޮތުގައި ރަށުޕިކަޕާއި ސްޕެއަރ ޕާރޓްސް އަދި އެމް.ޕީ.ޓީ. ޓޫލްސް ހިމެނޭ ޝިޕްމެންޓްއެއް ޗައިނާކޮޅުން މިހާރުވަނީ ލޯޑުކޮށް ރާއްޖެ އަައުމުގެ މަގުމަތީގައެވެ.
ރަށު ޕިކަޕް ނުވަތަ ބެޓެރި ޕިކަޕް، ބެޓެރި ސައިކަލް، ބެޓެރި ކާރު، ބެޓެރި ބަގީ، އަދި ހުރިހާ އުމުރެއްގެ މީހުންގެ ބައިސްކަލް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކަމުން ދަނީ ބެސްޓް ބަޑީ އިންނެވެ. ބެސްޓް ބަޑީއިން ވިއްކާ ވެހިކަލްތަކުގެ ސްޕެރޕާޓްސް ވިއްކުމަށްވެސް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ވަނީ ހުޅުވާފައެވެ. އަދި ސްޕެއަރޕާޓް މާލެއިން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ މަޝްހޫރު ހާޑުވެއަރ ބްރޭންޑެއް ކަމުގައިވާ އެމްޕީޓީ ޓޫސްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީވެސް ބެސްޓްބަޑީއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބެސްޓް ބަޑީ ކުޅުދުއްފުށި 9193965، ބެސްޓް ސާރކަލް 6528980 އަދި މާލެ ސަރަހައްދުން ނަމަ 7521915 ނަންބަރ އަށް ގުޅުއްވުމަށް އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!