ގޭތެރޭގައި ބޭނުންކުރާ އެކި ބާވަތް ބާވަތުގެ ރީތި ސާމާނު ގަންނަން މިދުވަސްވަރު މިވަނީ އިންތިހާއަށް ދަތިވެފައެވެ. ފިހާރަތައް ބަނދުވުމާއި ގުޅިގެން ގޭތެރެއަށް ބޭނުންވާ ރީތި ކޮލިޓީ އެއްޗެހި ހޯދާލުމަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ. އާންމުންގެ މެދުގައި މަޤުބޫލު ކަވާއީ (މިހާރު ރީބްރޭންޑް ކުރެވިފައި ކިވާއީ އަށް) ފިހާރައިން މިވަނީ ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
"ކިވާއީ" ފިހާރައިގެ ވެބްސައިޓް (https://www.kivaii.com) މެދުވެރިކޮން އެފިހާރައިގައި ވިއްކަން ހުރި ގިނަ ސާމާނުތަކެއްވަނީ ލިސްޓް ކުރެވިފައެވެ. ޕްރޮޑަކްޓް ތަކުގެ ތަފްސީލް މަޢުލޫމާތާއި އަގު ފެންނަން ހުންނާނެއެވެ. ވެބްސައިޓް އިން އެއްޗިހި ގަތުމަށް އެވެބްސައިޓުގައި ރަޖިސްޓްރީވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ވެބްސައިޓް މެދުވެރިކޮށް އެއްޗިހި ގަތުމަށް ފުރަތަމަ ބޭނުންވާ ސާމާނު ހިޔާރު ކުރެއްވުމަށް ފަހު (ކާރޓް) ޗެކްއައުޓް ވުމުން ބިލިންގް ޑީޓެއިލްސް ފުރިހަމަ ކުރެއްވުމަށް ޖެހޭނެއެވެ. އެެއަށް ފަހު ޕޭމަންޓް ޑީޓެއިލްސް ހިޔާރުކުރައްވާށެވެ.

އެފިހާރައިގެ އޮފިސަލަކު މަޢުލޫމާތު ދޭގޮތުގައި މިދުވަސް ވަރު ބަލައިގަންނަނީ ހަމަ އެކަނި އޮންލައިން ޕޭމަންޓް ނުވަތަ ބީއެމްއެލް ޓްރާންސްފަރ އެކަންޏެވެ.

(If you select BML transfer, deposit cash to our account 773 0000 305261 , Payment on delivery), Acc name: Kivaii/ Redkite
ޑެލިވަރީގެ ޚިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ރޭގަންޑު 08:00 އިން 10:00 އަށެވެ. މިދުވަސްވަރު އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ ޑެލިވަރީ ކޮށްދެނީ ހަމަ އެކަނި ގްރޮއުންޓް ފްލޯއަށެވެ.

މާފަންނު ބިސްބުރު ކައިރީ ހުންނަ މިފިހާރައަކީ ޒުވާން ކަނބަލުންގެ މެދުގައި މަގުބޫލު ފިހާރައެކެވެ. އެދިހާރައިގެ އެންމެ މަގްބޫލް ސާމާނުތަކުގެ ތެރޭގައި ހިމެނެނީ އަރޯމާ ޕްރޮޑަކްސް، ހިއުމިޑިފަޔަރ، އެއްސެންޝިއަލް އޮއިލްސް އާއި ސްޓޯރޭޖް ޕްރޮޑަކްސްއެވެ.

އިތުރު މަޢުލީމާތު ހޯއްދެވުމަށް 9987001 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ. ނުވަތަ އެފިހާރައިގެ ފޭސްބުކް ޕޭޖްއަށް މެސެޖު ކުރެއްވުމަށް އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!