ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކައުންސިލްތަކާއި ތިލަދުންމަތީގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި (ކޭސް 52) އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނައި ހއ. އުލިގަމު ފިޔަވައި އެހެން ހުރިހާ ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތައް ގެނެސްފައިވާ އުތުރުގެ ރަށްތަކަކީ ހދ. ނޮޅިވަރަމް، ހއ.ތުރާކުނު، ހދ.ވައިކަރަދޫ، ހއ.ތަކަންދޫ، ހއ.އިހަވަންދޫ، ހދ. ހިރިމަރަދޫ، ހއ.ހޯރަފުށި، އަދި ހއ.މާރަންދޫ ކަމަށެވެ.

Ad
rt

މިކަން މިހެން އިޢުލާން ކުރުމާއި އެކު ހއ. އިހަވަންދޫ، ހއ ތަކަންދޫ އަދި ހދ. ވައިކަރަދޫ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. މިތިން ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ދާދި އެއް ކަންބޮޑުވުމެކެވެ. އުތުރުގެ ގިނަ ރަށްތަކެއް މޮނީޓަރިންގެ ހާލަތަށް ގޮސްފައިވަނީ ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ފައްސި ވުމާއި ގުޅިގެންނެވެ. މިބޯޓަކީ މިދެ އަތޮޅުގެ ގިނަ ރަށްރަށަކަށް ބަނދަރު ކުރާ ބޯއްޓެކެވެ.

މިރަށު ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޮވިޑް 19 އަށް ފައްސިވެފައި ވުމާއި އަދި އޭނަޔާ ކޮންޓެކްޓް އިތުރު މީހެއް އެބައްޔަށް ފައްސިވެފައިވާކަން އެޗް.ޕީ.އޭ އިން މިރޭ އިއުލާންކޮށްފައިވުމާއި، އަދި ކާވިޔާ ބޯޓުން ދަތުރުކުރި ކޮވިޑް 19 އަށް ފައްސިވި މީހާޔާ ޑައިރެކްޓް ކޮންޓެކްޓްވި 9 މީހަކާއި އަދި އެ ބޯޓުން ދަތުރުކުރި އިތުރު 19 މީހަކު މިރަށުގައި އެކަހެރިކޮށްފައި ތިބެ، އޭގެން އެއްވެސް މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރެވިފައި ނުވުމާ އަދި އައިސޮލޭޝަންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަކުރެވިފައި ނުވާތީ ކޮވިޑް 19 އާއި ގުޅިގެން އިހަވަންދޫގައި މިހާރު އަޅާފައިވާ ހުރިހައި ފިޔަވަޅެއް އެގޮތުގައި ދެމެހެއްޓުމަށް ކޮވިޑް 19 އިހަވަންދޫ ޓާސްކު ފޯސްއިން ނިންމާފައިވާތީ ރައްޔިތުންގެ ސަމާލުކަމަށް އެވާހަކަ ދެންނެވީމެވެ.

އިހަވަންދޫ ކައުންސިލުން ރޭގެ ވަގުތެއްގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އިހަވަންދޫގެ އިތުރުން ތަކަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިބޯޓުން ދަތުރުކުރި 36 ފަރާތެއް އެރަށުގައި ތިބި ކަމަށާއި އެއިގެ ތެރެއިން އެއްވެސް ފަރާތެއް ސާމްޕަލް ނަގައި ޓެސްޓު ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އެފަރާތްތަށް މިވަގުތު ތިބީ އެކަހެރި ކުރެވިފައިކަމަށް ބުނެފައިވެއެވެ.

ހަމަ މިމޭރުމުން ވައިކަރަދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައިވެސް ބުނެފައިވަނީ އެބޯޓުން ދަތުރު ކުރި 23 ފަރާތެއް ވައިކަރަދޫގައި ވެސްތިބިކަމަށާއި އެއިގެ ތެރެއިން އެއްވެސް ފަރާތެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރެވިފައި ނުވާކަމަށެވެ.

ފައްސިވި (ކޭސް 52) ގުޅުން ހުރި 131 މީހުން ހޯދިއްޖެ ކަމަށް އިޢުލާން ކުރި

އުލިގަމުން ކޯވިޑް-19 އަށް ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ހޯދިއްޖެ ކަމަށް އެޗްޕީއޭއިން ބުނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ. އެއާއިއެކު ހަތް ރަށެއް މޮނީޓަރިން ހާލަތަށް ގެނެސްފައިވެއެވެ.

ފައްސިވި (ކޭސް 52) ޑައިރެކްޓް ކޮންޓެކްވި މީހަކު ފައްސިވި

އުލިގަމުން ފައްސިވި މީހާގެ ޑައިރެކްޓް ކޮންޓެކްވި މީހަކުވަނީ މާލެއިން ފައްސި ވެފައެވެ. މިއާއި އެކު މިރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވަނިކޮން އެރަށްރަށުގައި އެކަހެރިކޮށް ތިބި މީހުން ޓެސްޓުނުކޮށް މޮނީޓަރިންގެ ހާލަތުން ވަނީ ނަގާފައެވެ.

އެޗްޕީއޭއިން މިކަން ލުއިކޮން ނެގުމުން ކަންބޮޑުވުން

އުލިގަމުން ފައްސިވެފައިވާ މީހާ ދަތުރު ކުރި ބޯއްޓަކީ 7 ރަށެއްގެ މީހުން ދަތުރުކޮށްފައިވާ ބޯޓެކެވެ. މިބޯޓު އިހަވަންދޫއަށް މާލެއިން ފުރައިގެން ދެވޭނީ ގާތްގަނޑަކަށް 15 ވަރަކަށް ގަޑި އިރުންނެވެ. މިބޯޓުގައި 170 އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާނެކަމަށް ބަޔެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ކަމަށް ވާނަމަ ބޯޓުގައި ދަތުރު ކުރި ބަޔަކު އެކިރަށްރަށުގައި ތިބިއިރު މިރަށްރަށުން އެކަހެރި ކުރި މީހުންގެ ޓެސްޓު ހަދާފައި ނުވާކަން ކައުންސިލްގެ ބަޔާނުން ހާމަވެއެވެ. އުތުރުގެ ރަށްތައް މޮނީޓަރިންގެ ހާލަތުން ނަގާފައިވާއިރު މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ނޮޅިވަރަންފަރުގެ ގެޔެއްކަން ފާހަގަކޮށްލެވެއެވެ. ސާންޕަލް ނެގިފައިވަނީ ވެސް ނޮޅިވަރަންފަރުންނެވެ. ނޮޅިވަރަންފަރަކީ މިބޯޓު ދަތުރުކުރި ރަށެކެވެ. ނަމަވެސް މޮނީޓަރިންގެ ހާލަތަށް އެޗްޕީއޭއިން ގެނެސްފައިވަނީ ނޮޅިވަރަމެވެ. މިއީ އެޗްޕީއޭއިން މިކަން ނަގާފައިވާ ލުއިކަން ހާމަވާކަމެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މާލޭގައި ރޫމް ޝެއަރ ކުރި މީހަކު ހިރިމަރަދޫގައި

ހިރިމަރަދޫއިން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އުލިގަމުން ފައްސިވިމީހާއާއި ބައްދަލުވެ މާލޭގައި އެއް ކޮޓަރިއެއްގައި އުޅެފައިވާ މީހެއް މިވަގުތު ހިރިމަރަދޫގައި ހުރިކަމަށެވެ. އެޗްޕީއޭގެ އެންގުމަށް އެމީހާ ހުރީ އެކަހެރިކުރެވިފައެވެ. އެމީހާ އަކީ އިންތިހާބީ މަގާމެއް ފުރަމުން އަންނަ ފަރާތެކެވެ. މިމަހުގެ 15 ވަނަ ދުވަހު އެމީހާ ވަނީ ކުޅުދުއްފުށި ސީކުއީން ބޯޓުން ކުޅުދުއްފުއްޓަށް ދަތުރުކޮށްފައެވެ. ސީކުއީން ބޯޓުގައި އެދަތުރު 300 އަށްވުރެ ގިނަ މީހުން ދަތުރު ކުރި ކަމަށް ވެއެވެ. އިއްޔެއާއި ހަމައަށްވެސް އެމީހާގެ ސާމްޕަލް ނަގާފައި ނުވުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.