ބާރާއި، ނުފޫޒުގެ ވެރިން ކަމަށް ދައުވާކުރަމުން ދުނިޔޭގެ "ރަސްގެ ފާނު"ގެ ބޯޑު އަޅުވައިގެން އޮތް އެމެރިކާ ވަނީ ކުޑަ ވައިރަހެއްގެ ކުރިމަތީ ގޮތް ހުސްވެފައެވެ.

2019 ވަނަ އަހަރު ޑިސެމްބަރު 31 ވަނަ ދުވަހު ޗައިނާގެ ވުހާން ސިޓީއިން ފެތުރެން ފެށި ކޮވިޑް-19 ބަލި ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 1,806,440 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 535,385 މީހުންނަކީ އެމެރިކާގެ މީހުންނެވެ.

Ad
rt

ބައެއް މަސްދަރުތައް ބުނާގޮތުން ކޮވިޑް ފެތުރެން ފެށުމާއިއެކު އެމެރިކާގެ ރައީސްގެ ބަސްދީ ގަތުން ތަކުގައި ކޮވިޑް-19 އަށް ނިސްބަތްކޮށް ބުނެ އުޅުނީ "ޗައިނާ ވައިރަސް" ކަމަށެވެ. މަލާމާތާއި ފުރަށްސާރަ ކުރުމުގައި ޓްރަމްޕް ހުންނަވަނިކޮށް ކަން ވަމުންދާ ގޮތަކީ މަންޒަރުދުއް ކޮންމެ މީހަކަށްމެ ފިލާވަޅެކެވެ.

ޓްރަމްގެ ރާގު ބަދަލުކޮށް ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ކިޔަންފެށީ އެމެރިކާގައި ފަތު އަޑުކިޔާފައި އެބަލި ފެތުރެން ފެށި ފަހުން ކަމަށް ބުނެވެއެވެ.

ކޮވިޑް-19 އެމެރިކާ ،12 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 20:45 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

  • ފައްސިވި މީހުންގެ ޢަދަދު: 535,385
  • މަރުވި މީހުންގެ ޢަދަދު: 21,407
  • ރަނގަޅުވި މީހުންގެ ޢަދަދު: 31،016

ކޮވިޑް-19 ދުނިޔެ ،12 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 20:45 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

  • ފައްސިވި މީހުންގެ ޢަދަދު: 1,806,440
  • މަރުވި މީހުންގެ ޢަދަދު: 111,742
  • ރަނގަޅުވި މީހުންގެ ޢަދަދު: 413,222

އެމެރިކާގެ ރައީސް ޓްރަމްޕް، ކޮވިޑަކީ ޗައިނާ ވައިރަހަށް ހަދައި، ޖޯކަކަށް ހެދުމުގެ ނަތިޖާއަށް ވެގެން ދިޔައީ ސީރިއަސް ރައްކާތެރި ފިޔަވަޅުތައް އަޅަން ލަސް ވެގެން ދިޔުމެވެ. ބަރު ހަތިޔާރަކުން، ކްރޫޒު މިސައިލަކުން މިބައްޔަށް ހައްލެއް ހޯދިދާނެ އެއްވެސް ހަމައެއް ނެތް އިރު އެތަކެތީގެ ބޭނުން ހިފިދާނެ ކަމަށް ޓްރަމްޕް ދުށީކަމަށްވެސް ވެދާނެއެވެ. އެމެރިކާވަނީ އެހެން މީހުން މޮޔައިންނަށް ހެދުމުގެ ނަތީޖާއެއްގެ ގޮތުން ބަލި ކޮންޓްރޯލް ކުރުމަށް ނުކުޅެދި ފެއިލް ވެފައެވެ.

މި ބައްޔަކީ މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ ވަރަށް ބޮޑު އިމްތިހާނެކެވެ. އެމެރިކާ ނޫނަސް ހަމަ ކޮންމެ ޤައުމަކަށް މިބަލީގެ ބިރު މިއޮތީ ކުރިމަތިވެފައެވެ. ބަލި ފެތުރެންފެށި ޗައިނާ ހިންދެމިލިކަމަށް ހީކުރިނަމަވެސް މިއަދު އެ ޤައުމުން 99 މީހުން އަލަށް އެ ބައްޔަށް ފައްސިވުމުން ދައްކައިދެނީ އަދިވެސް އޮތީ ސަލާމަތަށް މަސައްކަތް ކުރުން ކަމެވެ.

ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް

  • 2020 ޖެނުއަރީ 19، 100 މީހުން
  • 2020 ޖެނުއަރީ 24، 1،000 މީހުން
  • 2020 ފެބްރުއަރީ 12، 50،000 މީހުން
  • 2020 މާރިޗް 6، 100،000 މީހުން
  • 2020 މާރިޗް 18، 200،000 މީހުން
  • 2020 މާރިޗް 21، 300،000 މީހުން
  • 2020 މާރިޗް 24، 400،000 މީހުން
  • 2020 މާރިޗް 28، 600،000 މީހުން
  • 2020 މާރިޗް 29، 700،000 މީހުން
  • 2020 މާރިޗް 31، 800،000 މީހުން
  • 2020 އޭޕްރިލް 1، 900،000 މީހުން
  • 2020 އޭޕްރިލް 2، 1،000،000 މީހުން
  • 2020 އޭޕްރިލް 3، 1،100،000 މީހުން
  • 2020 އޭޕްރިލް 4، 1،200،000 މީހުން
  • 2020 އޭޕްރިލް 6، 1،300،000 މީހުން
  • 2020 އޭޕްރިލް 8، 1،500،000 މީހުން
  • 2020 އޭޕްރިލް 10، 1،600،000 މީހުން
  • 2020 އޭޕްރިލް 11، 1،700،000 މީހުން
  • 2020 އޭޕްރިލް 12، 1،800،000 މީހުން

މިބަލި ދުނިޔޭގެ 210 ޤައުމަކާއި، ސަރަޙައްދަކުން މިހާރުވަނީ ވަނީ ފެތުރިފައެވެ. ބައްޔަށް ހައްލެއް ނުހޯދި ދިގުލާ ކޮންމެ ދުވަހަކީ، ދުނިޔެއަށް ލިބޭނެ ނިކަމެތި ކަމުގެ ދުވަހެކެވެ. ޤައުމުތައް ހުއްޓި، ވިޔަފާރިތައް ބަނގުރޫޓުވެ، ރައްޔިތުން މަގުމަތި ވުމުން ނުކުންނާނެ ނަތީޖާ ހިތަށް ގެންނަށްވެސް އުނދަގުލެވެ.

ދުޢާއަކީ އެހިސާބަށް ނުގޮސް ﷲގެ ރަޙުމަތް ފުޅުން ހިތްފަސޭހަ ދުވަހަކަށް އަލި ވިލުމެވެ. އަޅުގަނޑުމެންގެ މިރާއްޖެއާއި ދުނިޔެ ސަލާމަތުގައި ލެހެއްޓެވުމެވެ.