ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފުތާވެސް ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ނިންމާފައިވިޔަސް ކަސްޓަމަރުނަށް ފަސޭހަކަން ފޯރު ކޮށް ދިނުމުގެ ގޮތުން ޤައުމީ ފެންކުންފުނި (އެމްޑަބްލިއުއެސްސީ) ގެ ކައުންޓަރުތަކުން އަންނަ ހޯމަ އަދި ބުދަ ދުވަހު ޚިދުމަތް ދޭން ނިންމައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ހޯމަ އާއި ބުދަ ދުވަހުގެ ހެނދުނު 9 ން މެންދުރު 12 އާ ހަމައަށް ކަސްޓަމާ ސާވިސް ކައުންޓަރާއި ރިސެޕްޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ.
Our Customer Service Counter and Reception Counter will open on 6th and 8th April. pic.twitter.com/aI8TYc87QS
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 5, 2020
އެމްޑަބްލިއުއެސްސީން އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ އޮފީސްތަކުން ވެސް މި ހޯމަ އާއި ބުދަ ދުވަހު އެ ޚިދުމަތްތައް ލިބޭނެ އެވެ.
މި ދެ ދުވަހު ކަސްޓަމާ ސާވިސް ކައުންޓަރުތަކުން ޚިދުމަތް ދިން ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ބޭރުގައި ހޭދަކުރަން ޖެހޭ ވަގުތު ވީހާ ވެސް ބޮޑަށް މަދު ކުރުމަށްޓަކައި، ފެން ބިލަށް އަރާ ވަރު ބެލުމާއި ފައިސާ ދެއްކުމަށް އެ ކުންފުނީގެ މޯބައިލް އެފްލިކޭޝަންގެ ބޭނުން ހިފުމަށް އެމްޑަބްލިއުއެސްސީން އިލްތިމާސްކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!