ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާ ކުޑަވެއްޖެ ކަމަށްބަލައި، ފަސޭހަ ކޮށްލައި ރައްކާތެރިވުން ކުޑަކުރުން އަދި މާއަވަހެވެ.

ދުނިޔޭގައި ބަލި ފެތުރޭ ނިސްބަތަށް ކުޑަ މަޑު ޖެހުމެއް އައި ނަމަވެސް މި ބައްޔަކީ އެންމެ މީހެއްގެ ފަރާތުންވެސް އެތައް ބައެއް، ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ބައްޔަކަށް ވާއިރު، އަދިވެސް ރައްކާތެރިކަން އޮތީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.

Ad
rt

އެޔާއިއެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އަމުރުތަކަށާއި، އެންގުންތަކަށް ފުރިހަމައަށް ކިޔަމަންވެ ބޯލެނބުމީ ކޮންމެ މީހެއްގެ ރައްކަލަށްޓަކައިވެސް ކުރަން ޖެހޭކަމެއްކަން ޤަބޫލުކޮށް އެގޮތަށް އަމަލު ކުރަންޖެހެއެވެ.

މިބަލި ފެތުރޭ ނިސްބަތް ވަޒަންކުރުމަށް ދުނިޔޭގެ ކަމާއި ބެހޭ އިދާރާތަކުން އާންމު ކުރާ މަޢުލޫމާތަށް ބަލައިލުމުން އަދިވެސް އޮތީ ކެތްތެރިކަމާއެކު، އިރުޝާދަށް ތަބާވުންކަން ޔަޤީން ކޮށްދެއެވެ.

ކޮވިޑް-19 މުޅި ދުނިޔެ ،10 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 8:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓީވް މީހުންގެ ޢަދަދު: 1,603,433
މަރުވި މީހުންގެ ޢަދަދު: 95,716
ރަނގަޅުވި މީހުންގެ ޢަދަދު: 356,440

ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް

  • 2020 ޖެނުއަރީ 19، 100 މީހުން
  • 2020 ޖެނުއަރީ 24، 1،000 މީހުން
  • 2020 ފެބްރުއަރީ 12، 50،000 މީހުން
  • 2020 މާރިޗް 6، 100،000 މީހުން
  • 2020 މާރިޗް 18، 200،000 މީހުން
  • 2020 މާރިޗް 21، 300،000 މީހުން
  • 2020 މާރިޗް 24، 400،000 މީހުން
  • 2020 މާރިޗް 28، 600،000 މީހުން
  • 2020 މާރިޗް 29، 700،000 މީހުން
  • 2020 މާރިޗް 31، 800،000 މީހުން
  • 2020 އޭޕްރިލް 1، 900،000 މީހުން
  • 2020 އޭޕްރިލް 2، 1،000،000 މީހުން
  • 2020 އޭޕްރިލް 3، 1،100،000 މީހުން
  • 2020 އޭޕްރިލް 4، 1،200،000 މީހުން
  • 2020 އޭޕްރިލް 6، 1،300،000 މީހުން
  • 2020 އޭޕްރިލް 7، 1،400،000 މީހުން
  • 2020 އޭޕްރިލް 8، 1،500،000 މީހުން
  • 2020 އޭޕްރިލް 9، 1،600،000 މީހުން

ޗައިނާގެ ވުހާން ގައި މިބަލި ފެތުރެންފެށި ސީދާ ތާރީޚް އެކި ބުނުންތަކުގައި ޚިލާފު ވެފައިވާތީ އާންމު ބުނުމަކަށް އެއްބަސް ވެވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެންމެ ފަހު ކޮޅު މިބަލި ފެތުރެން ފެށި ކަމަށެވެ.

އެހެންކަމުން މިބަލި ފެތުރެން ފެށިތާ ތިންމަހާއި ދުވަސް ކޮޅެއް ވެފައިވާއިރު ދުނިޔޭގެ 1,603,433 މީހުންނަށް މިބަލިޖެހި، 95,716 މީހުން މަރުވެފައި ވުމުން މިބަލި ފެތުރޭ ބާރުމިން ވަޒަން ކުރެވެއެވެ. އަދި މިމުއްދަތުގައި މިބަލިން ރަނގަޅުވެފައިވަނީ 356,440 މީހުން ކަމުން މިބަލީގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އަންގައިދެއެވެ.

ދުނިޔޭގެ އެންމެ ބާރު ގަދަ ކަމަށް ބުނާ އަދި ވަސީލަތްތައް ފުރިހަމަ އެމެރިކާ މިބަލީގެ ސަބަބުން ކުޑަކަކޫ މައްޗައްތިރިވެ، ހައްލެއް ނުހޯދި އެ ޤައުމުގެ 468,566 މީހުންނަށް މިހާތަނަށް މިބަލި ޖެހިފައި ވުމީ އިތުރަށް ފެންނަން އޮތް ހަޤީޤަތެކެވެ.

ސިއްހީ އާލާތާއި، އަމިއްލަ ފުދުންތެރިކަމުގެ ގޮތުން ހުނި ޖަހާލެވޭ ސްޕެއިނާއި، އިޓަލީއާއި، ފްރާންސާއި އަދި ޖަރުމަނީ ފަދަ އެތައް ޤައުމެއް މިބަލީގެ ކުރިމަތީ ގޮތް ހުސްވެފައިވާ މަންޒަރު ފެނުމީ ފެންނާން އޮތް އަނެއް ޙަޤީގަތެވެ.

މިހާތަނަށް އެންމެ ގިނަ މީހުން މިބައްޔަށް ހުށަހެޅުނު 5 ޤައުމު، 10 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 8:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

  • އެމެރިކާ 468,566
  • ސްޕެއިން 153,222
  • އިޓަލީ 143،626
  • ޖަރުމަން 118,235
  • ފްރާންސް 117,749

މާތް ﷲ ގެ ރަޙުމަތުން މި ދިވެހިރާއްޖޭގައި މިހާތަނަށް ރައްކާތެެރިކަން ލިބިފައިވިޔަސް ރާއްޖޭގެ ހާލަތު ހިފެހެއްޓިފައި އޮތް ސަބަބު ތަކުގައި ހިފާން ޖެހެއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު، 9 އޭޕްރިލްގެ ނިޔަލަށް.

  • ބަލި ޖެހުނު މީހުންގެ ޢަދަދު: 19 ( 4 ދިވެހިންނާއި، 15 ބިދޭސީން)
  • 13 މީހުން ބަލިން ރަނގަޅުވެފައި
  • 4 މީހުން (ބަލިން ރަނގަޅުނުވާ)
  • 2 މީހުން (ރާއްޖެއިން ބަލި ޖެހުނު، އެމީހުންގެ ޤައުމުގައި)
  • 1002 މީހުން (ކަރަންޓީނު ފެސިލިޓީސްތަކުގައި)
  • 11 މީހުން (އައިސޮލޭސަން ފެސިލިޓީސްގައި)
  • 1 (އެކަކު، ހޮސްޕިޓަލްގައި)

ވިސްނާ ފިކުރު ކުރާށެވެ. ފަސޭހަކޮށްލަން އަދި މާ އަވަސްކަން މިއޮތީ ފެންނާށެވެ. ރައްކާވެ ތިބިއްޔާ ހަމަ ދަތުރެވެ.