ނިޔަފަތި ދިގުކޮށްފަހުރެގެން، ސެންޓައިޒާ ނުވަތަ ސައިބޯނިލައިގެން އަތްދޮވުނަސް ލިބެންވާ ހަގީގީ ރައްކާތެރިކަމެއް ނުލިބޭނެކަމަށް ޑރ ޒިޔާދު ވިދާޅުވެއްޖެއެވެ.

"ތިބާއަށް އެނގޭހެއްޔެވެ؟" މިމަޢުލޫއަށް ރައްޔިތުން ހޭލުން ތެރިކުރުވުމަށް ފޭސްބުކްގައި ގެނެސްދެމުން އަންނަ ސިލްސިލާ ޕޯސްޓުތަކުގެ ތެރޭން އިއްޔެ ގެނެސްދިން ޕޯޓުގައި ބުނެފައިވަނީ

Ad
rt

ސޫޕު ބޯ ސަމްސަލެއްފަދައިން ނިޔަފަތިތައް ބަހައްޓައިގެން، ސެންޓައިޒާ ނުވަތަ ސައިބޯނިލައިގެން އަތްދޮވުނަކަސް ލިބެންވާ ހަގީގީ ރައްކާތެރިކަމެއް ނުލިބޭނެއެވެ.

ޑރ ޒިޔާދުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޑރ ޒިޔާދު ވަނީ ސެނަޓައިޒާ ބޭނުންކުރުން ރަނގަޅުނޫން ހާލަތްތަކަކީ ކޮބައިކަންވެސް ބުނެދެއްވާފައެވެ.

އެގޮތުން ޑރ ޒިޔާދު ބުނެފައިވަނީ އަތުގައި އެއްޗެއް އުގުޅިފައި ނުވަތަ ގިރިސްފަދަ ތެޔޮކަމެއް ހުރެއްޖެނަމަ ނުވަތަ ފެންނަ ފެނުމަށް އަތުގައި ނުސާފުކަމެއް ހުރެއްޖެނަމަ އަތް ސާފުކުރަން ސެނަޓައިޒާ ބޭނުންނުކުރާށެވެ.

މިގޮތުން ދަނޑުހައްދަންއުޅެފައި ނުވަތަ މަސްވެރިކަމުގޮސްފައި ނުވަތަ ފުޓުބޯޅަކުޅުންފަދަ ކުޅިވަރުތައް ކުޅެ ނިންމާފައި އަތްސާފުކުރަން ސެންޓައިޒާ ބޭނުން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ.

މިފަދަ ހާލަތްތަކުގައި އެންމެ ރަނގަޅީ ސައިބޯނިލައިގެން ފެނުން އަތްދޮވުންކަމުގައި ޑރ ޒިޔާދު ބުނެފައިވެއެވެ.