ކުރިއަށް އޮތް މަހެއް ހާދުވަހަކީ ކޮވިޑް -19 ވައިރަސް މުޅި ދުނިޔޭގެ ގިނަ ހިސާބުތަކުގައި، އެންމެ ޕީކް ގައި ފެތުރިގެން ދާނެކަމަށް ބެލެވޭ ދުވަސްވަރު ކަމަށާއި ކުރިޔަށް އޮތް ދެތިން ހަފްތާއަކީ ވެސް ދިވެހިރާއްޖޭގައި މި ބަލި ފެތުރުމުގެ ބިރު އެންމެ އިތުރުވާނެ މުއްދަތުކަމުގައި ތަޖުރިބާކާރުން ދެކޭ ކަމަށް ކެންސާ ސާޖަރީ (އޮންކޮ ސަޖަރީ) ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޑރ. ޝިފާންގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމެއްގައި އިތުރަށް ވިދާޅުވީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަކީ ވާޖިބެއް ކަމަށް ދެކި އަމަލުކުރަންވީ ވަގުތު މިހާރު އަތުވެއްޖެ ކަމަށެވެ.
ޑރ. ޝިފާން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް، އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހޭ ހިނދެއްގައި ނޫނީ ނުނުނިކުތުމަށާއި މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށްވެސް ޑރ. ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ހާއްސަކޮށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި ގިނަގިނައިން ތަންތަނުގައި އަތްނުލުމަށާއި މަގުމައްޗަށް، ނޫނީ މީހުން ދިރިއުޅޭ ހިސާބުތަކަށް ކުޅު ނުޖެހުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!