މަދިރީގެ ޒަރިއްޔާއިން ކޯވިޑް-19 ޖެހޭކަމުގެ އެއްވެސް މަޢުލޫމާތެއް ނުވަތަ ހެއްކެއް މިހާތަނަށް ލިބިފައެއްނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ތަފާތު ފޭކު ހަބަރު ފަތުރަމުންދާ މިދަނޑިވަޅުގައި އެޗްޕީއޭއިން އާންމުން ހޭލުން ތެރިކުރުމަށް ނެރެމުންދާ ޕޯސްޓަރެއްގައި ބުނެފައިވަނީ އައަލަށް ފެނިފައިވާ ކޮރޯނާވައިރަސްއަކީ ނޭވާލާ ނިޒާމަށް ބަލިޖައްސާ ވައިރަސްއެއްކަމަށާއި މިވައިރަސް އާންމުގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު އަނގައިން ނުކުމެގެންދާ ކުޅުތިކިތަކުން އަދި އަރިދަފުހުގެ ޒަރިއްޔާއިންކަމަށެވެ.
Can mosquito spread Coronavirus?#COVID19 pic.twitter.com/clkq2cqyKn
— Health Protection Agency (@HPA_MV) March 15, 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން ނުވަތަ ސެނިޓައިޒަރއެއް ބޭނުންކުރުން އަދި ކެއްސާ ކިނބިހިއަޅާ މީހުންނާ ގައިގޯޅިވެ ނޫޅުމަށްކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!