ކޮވިޑް-19 އާއި ގުޅިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފި އެވެ. އެކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރ ސަރވިސް ކައުންޓަރަށް ވަޑައިގަތުމުގެބަދަލުގައި، އެކުންފުނީގެ މޯބައިލް އެޕް އަދި އޮންލައިން ޚިދުމަތުގެ ބޭނުން ހިފުމަށް އެކުންފުނިން ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވުމާއެކު، ރާއްޖޭގައި މިވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓައި ކަމާބެހޭ އިދާރާތަކުން ސަލާމަތްތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައިވާ މިދަނޑިވަޅުގައި، އެ ކުންފުނީގެ ލޮބުވެތި ކަސްޓަމަރުންގެ ފަރާތުން މިކަމަށް އަޙުލުވެރިވެ، ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.
މި ޙުތޫރަތްތެރި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި، ކަސްޓަމަރ ސަރވިސް ކައުންޓަރަށް ވަޑައިގަތުމުގެ ބަދަލުގައި، މިކުންފުނީގެ މޯބައިލް އެޕް އަދި އޮންލައިން ޚިދުމަތުގެ ބޭނުން ހިފުމަށް މިކުންފުނިން ކަސްޓަމަރުންނަށް އިލްތިމާސްކުރަމެއެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާ އަދަދު ބަލާލެވި ކިޔޫގައި މަޑުނުކޮށް ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލަށް ފައިސާ ދައްކާލެވޭނެއެވެ.
ހަމައެއާއެކު، އޮންލައިން ޚިދުމަތުގެ ޒަރިއްޔާއިން މިކުންފުނީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި ގޭގައި ތިބެގެން ޚިދުމަތުގެ ސްޓޭޓަސް ބަލާލެވޭނެއެވެ.
އެމްޑަބްލިއުއެސްއީއިން ބުނެފައިވެއެވެ.
ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންފުޅުވާނަމަ ،24 ގަޑި އިރު ގުޅޭ މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރަށް (105) އަށް ގުޅުއްވުން އެދެއެވެ.
މިފަދަ ދަނޑިވަޅުތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ ޢަމަލުކުރުމަށް
އެދޭކަމަށާއި އަދި އެކުންފުނީގެ ޚިދުމަތް ހޯދައި ލިބިގަތުމުގައި މިދެންނެވި ވަޞީލަތްތަކުގެ ބޭނުން ހިފައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ހުރިހާ ކަސްޓަމަރުންގެ އަރިހުން އެދެއެވެ.
ރައްޔިތުންގެ ފަރާތުން އެކުންފުންޏަށް ކެނޑިނޭޅި ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވާފައިވެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ އެޕް:
https://play.google.com/store/apps/details?id=mv.mwsc.eportal&hl=en
https://apps.apple.com/us/app/mwsc/id1273369072
އޮންލައިންކޮށް ޚިދުމަތަށް އެދިލެއްވުމަށް:
https://www.mwsc.com.mv/login
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!