ނޮޅިވަރަން ބަނދަރުން ކޮފީ ލިބެން ހުރިކަން އެނގޭހެއްޔެ؟ އަޅުގަނޑާއެކު ނޮޅިވަރަން ބަނދަރަށް ހިންގަވާށެވެ!
ފިނިކަމާއި، ފެހިކަން ލިބިފައިވާ އެމާހައުލު ނުހަނު ހިތްގައިމެވެ. މާކަނޑުން ވީއްލިގެން އަންނަ ވައިރޯޅިން ހިތަށް އިތުރު ފިނިކަމެއް ލިބިދެއެވެ.
މިހާރު ތިހުންނެވުނީ އަޅުގަނޑާއިއެކު ނޮޅިވަރަންގެ ބަނދަރު ގާޑިއާ ކައިރީގައެވެ.

މިއަދު ހުޅުވި މިގާޑިޔަލުން ކޮފީ، ލުއިކާނާ އަދި ތަފާތު ވައްތަރުގެ ބުއިންތަށް ލިބެން އެބަހުއްޓެވެ.
ގާޑިޔަލުގެ ވެރިފަރާތާ ވާހަކަ ދައްކާލީމެވެ. ގާޑިޔަލުގެ ޚިދުމަތް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ބާބެކިޔު ހަދާ ފަރާތް ތަކަށް މަސްފަދަ ތަކެތި ފޯރުކޮށްދިނުމަށް ވިސްނަމުންދާ ކަމަށް އެފަރާތުން ބުންޏެވެ.
ނޮޅިވަރަން ބަނދަރުގާޑިއާގެ ކޮފީ ރަހަ މީރެވެ. ހާސްކަން ފިލައި، ގިތްތަކަށް ފިނިކަންލިބޭ މާހައުލެކެވެ.
ދަތުރު ތަކުގައި ރަށަށް އަންނަ ފަރާތްތަކަށާއި، ހަވީރު ގަޑީގައި ބަނދަރު ޕާކަށް ދާ ކުދިންނާއި ޢާއިލާތަކަށް މިއީ އުފާވެރި ޚަބަރެކެވެ.
ނޮޅިވަރަން ކައުންސިލުން އެރަށު ބަނދަރު ސަރަހައްދުން 05 ބިމެއް ގާޑިޔާ އުސޫލުން ވިޔަފާރި ކުރުމަށް ހުޅުވާލި ފުރުސަތުގައި، ވަރަށް ބޮޑު ތަރުހީބެއް އެކަމަށް ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!