މިއީ "ކޮރޯނާ ވައިރަސް އަކީ ކޮބާ؟" މިމަޢުލޫއަށް ޑރ އަޙްމަދު ފައިސަލް ލިއުއްވާފައިވާ ލިއުމެކެވެ.

ކޮރޯނާވައިރަސްއަކީ ވަރަށް ޢާއްމު އެއްޗެއް, ކޮރޯނާވައިރަސްއަކީ އިންސާނުންގެ އިތުރުން ތަފާތު ޖަނަވާރުތަކަށް ބަލިޖައްސާ ވައިރަސްއެއް. އޭގެތެރޭގައި ދޫނިސޫފާސޫފި، މެމަލްސް (ޖަމަލު، އަދި ވާ) އަދި އިންސާނުން ހިމެނޭ
މި ވައިރަހުން ޖައްސާ ބަލިތަކުގެ ތެރޭގައި ކަރުންމަތީގެ ރޯގާ އެންމެ ގިނައީ. ނިއުމޯނިއާ އެއީ މީގެ ނުރައްކާ ވައްތަރު. ކޮރޯނާއިން ޖެހުނު ނުރައްކާތެރި ނިއުމޯނިޔާ ތަކުގެ ތެރޭގައި MERS އަދި SARS ހިމެނޭ 30%-10 އަރިދަފުސް ރޯގާ ޖެހެނީ ކޮރޯނާ ވައިރަސްއިން މީގެ ނުރައްކާތެރިވައްތަރުތައް ފެންނަލެއްމަދު، ގިނަފަހަރަށް އެއީ ކޮންމެވެސް ޖަނަވާރެއްގައި އުޅޭ ވައިރަސްއެއް އިންސާނާއަށް ފޯރީމާވާގޮތެއް، މިސާލަކަށް ޖަމަލުންއެރި މާރސް އާއި ވާލުން އެރި ސާރސް, މާރސް ޖެހުނީ 2494 މީހުންނަށް

Ad
rt

ކޮވިޑް-19 ފެނުނީ ކޮންދުވަހަކު؟

ރިޕޯޓުތަކުން ފެންނަގޮތުގައި ފުރަތަމަ އެނގުނުމީހާ ބަލިވީ 8 ޑިސެމްބަރ 2019ގައި

ކޮވިޑް19ގެ އަލާމާތްތަކަކީ ކޮބާ؟

ބައެއްފަހަރު އަލާމާތެއް ނުވެސް ފެނޭ
އެންމެގިނައިން މީހުން އަންނަނީ ހުން، ދެން ކެއްސުން، ހޮސްޕިޓަލުގައި ބާއްވަންޖެހެނީ ނޭވާލާން އުނދަގޫވެގެން، ނުވަތަ އެކަހެރިކޮށްފައި ބާއްވާނެ އެހެންތަނެއް ނެތިގެން
ބަލި އެންމެ ނުރައްކާވަނީ ދުވަސްވީ މީހުންނަށާ ހަކުރުބަލި، ލޭމައްޗަށްދިއުންފަދަ އެހެނިހެން ބަލިތައް އިހުސާސްކުރާ މީހުންނަށް

ޓެސްޓުކުރާއިރު ހުދުސެލް ހުންނަނީ ދަށްކޮށް، ލިވަރގެ އޭއެސްޓީ މަތި، އެކްސްރޭ ދެފަރާތްވެސް ހުދުވެފައި

މިހާތަނަށް ދައްކާގޮތުން %10 ވެންޓިލޭޓަރަށް ލާންޖެހޭ، %70 ރަނގަޅުވޭ،

އަލަށް މިފެތުރުނު ކޮރޯނާވައިރަހުން ޖެހޭ ބައްޔަށް ކިޔަނީ ކީކޭ؟

ކޮވިޑް-19

ބައްޔަށް ޝައްކުވެއްޖެނަމަ ހަދަންވީ ކިހިނެއް؟

މިބައްޔަށް ޝައްކުވާކަހަލަ ޢަލާމާތެއް ފެނިއްޖެނަމަ 1676 އަށް ގުޅާ ، އެއީ HPAގެ ނަންބަރު. އެތަނުން ބުނާގޮތަކަށް ދެން ހަދަންޖެހޭނީ

ކޮރޯނާ ވައިރަސް ޖެހޭ ގޮތަކީ ކޮބާތޯ؟

ނޭވާލާ ނިޒާމުން، ނޭވާލާ ނިޒާމު ފެށޭނީ ނޭފަތުން އެހެންވީމާ ކެއްސާ ކިނބިހި އަޅާއިރު އެ ދަވަތަކުގައި ހުރި ޖަރާސީމު އެހެންމީހެއްގެ ނޭފަތަށާ އަނގަޔަށް ފޯރީމާ ވައިރަސް ވަންނަނީ. ކެއްސާ ކިނބިހި އަޅާއިރު 3 ފޫޓުދުރަށް މި ދަވަތަށް ދޭ. ނުވަތަ މި ދަަވަތައް އަތުގައި ހޭކި އެ އަތުގެ ޒަރީއާއިން ތިމާގެ އަނގަޔަށާ ނޭފަތަށާ ލޮލަށް ވަނީމާ


ދަވަނެތި ވައިގެތެރޭގައި، ވައިރަސް އުޅޭތަ؟
ވައިގެތެރޭގައި ދަވަނެތި ވައިރަސް އުޅޭ ކަމަކަށް އަދި ނުފެނޭ،

ޢަލާމާތެއް ނެތް މީހެއްގެ ގައިންވެސް ކޮވިޑް ޖެހިދާނެތަ؟

ވަރަށް މަދުން މިގޮތަށް ޖެހިފައި އެބަހުރި. އެއީ ވަރަށްގިނަ ފަހަރު ކޮރޯނާ ވައިރަސް ހަށިގަނޑުގައި އަށަގަތަސް ޢަލާމާތް ފެންނަނީ މަދުން ނުވަތަ އާދައިގެ ގޮތަކަށް ކަމަށްވާތީ

ބޮޑުކަމުގޮސްފައިހުރި ނަޖިހުންނޯ؟
ބޮޑުކަމުދާ އެއްޗެހިންވެސް ކޮރޯނާ ޖެހިދާނެ. އެހެންވީމާ ފާޚާނާއަށް ދިއުމަށްފަހު އަތް ސާފުކުރުން މީ ވަރަށް މުހިންމުކަމެއް . ނަމަވެސް މިއީ ބަލިފެތުރޭ އެންމެ މައިގަނޑު ގޮތެއްނޫން

ކޮރޯނާ ވައިރަސް ހަށިގަޑުން ބޭރުގައި އެއްޗެހީގައި ކިހާމުއްދަތަކަށް ހުރެދާނެ؟
މިވައިރަސް ހުންނާނީ ކިހާ ދުވަހަކަށްކަމެއް އަދި ނޭނގޭ. އެކަމަކު ޢާއްމުކޮށް ކޮރޯނާވައިރަސް ފަދައިން މި ވައިރަސްވެސް މޭޒު، ދޮރުގެ އަތްގަނޑު، ރެއިލް، ATM، ޕަންޗުކުރާ މެޝިންފަދަ ތަންތަނުގައި އެތަށްދުވަހަކަށް ހުރެދާނެކަމަށް ބެލެވިދާނެ. އެތަނުގެ ފިނިހޫނުމިނާ، އެއެއްޗެއްގެ ވައްތަރާ، ހިއުމިޑިޓީ މީގައި މުހިންމު

ކޮރޯނާ ފެތުރޭ ގައުމަކުން އަންނަ ޕާރުސަލަކުން ކޮވިޑް ޖެހިދާނެތަ؟
ވަރަށް ނާދިރުކަމެއް

ކޮރޯނާވައިރަސް އަށަގަތުމަށްފަހު ކިހާދުވަހެއް ނަގާތަ ޢަލާމާތް ފެންނަން؟
1 ދުވަހާ 14 ދުވަހުގެ މުއްދަތު ނަގާފާނެ އަލާމާތެއް ފެންނަން
ކޮރޯނާ ވައިރަސް އާ ސާސް ރޯގާ ގެ ތަފާތަކީ ކޮބާތޯ؟

ސާރސް ޖެހުނުމީހުންމަދު އެކަމަކު މާ ނުރައްކާ،ސާރސް 2003 ގެ ފަހުން ނުފެނޭ. ކޮވިޑް އަދި މިދަނީ ބާރަށް ފެތުރެމުން، ނުރައްކާ ކުޑަކަމަށް ފެންނަނީ

ކޮރޯނާ ވައިރަސް އަހަންނަށް ޖެހުުމުގެ ފުރުސަތު ބޮޑުތަ؟
ރާއްޖޭން ކޮވިޑް ފެނުމާ ގުޅިގެން އެ ބަލި ދިވެހިންނަށްވެސް ޖެހުމުގެ ފުރުސަތު ބޮޑު

ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމަށް ކުރެވޭނެ ކަންތަކަކީ ކޮބާތޯ؟
ޑރ މުހައްމަދު އަލީގެ މި ޓުވީޓު ބައްލަވާލައްވާ

އެންމެ ކުޑަމިނުން ސާފުތާހިރުކަން ، މޫނުގައި އަވަސްއަވަހަށް އަތް ނުލުން

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް މާސްކް އަޅަންޖެހޭތަ؟

ބަލިމީހާ އަދި ބަލިމީހާ ބަލާމީހާ މާސްކު އަޅަންޖެހެނީ، އެހެން މީހުން އަތް ދޮންނަންވީ

މާސްކު އެޅުމަށްފަހު ނަގަންވީމާ ފުރަމަ ޖެހޭނީ މަތިޖަހާފައިހުރި ޑަސްބިންއަކާ ހަމައަށްދާން، ދެން މާސްކުގެ ކުރިމަތީގައި އަތްނުލާ މާސްކުނަގާޑަސްބިންގެ މަތި ނެގުމަށްފަހު، މާސްކު ވައްޓާލާފަ ޑަސްބިންގެ މަތިގަނޑު ޖަހާނީ، އެއަށްފަހު އަތް ދޮންނާނީ

އަހަރެން ކިހާވަރަކަށް ކޮވިޑާތެރޭ ހާސްވަންޖެހޭތަ؟

މިހާތަނަށް ފެންނަނީ ހޮސްޕިޓަލުގައި ބާއްވަން ޖެހެނީ ބަލިޖެހޭ މީހުންގެ 5 މީހުންގެ ތެރެއިން އެކެއް. މީގެ ނުރައްކާބޮޑީ ދުވަސްވީ މީހުންނާ ހަކުރުބަލި، ލޭމައްޗަށްދިއުން، ހިތުގެ ބަލިތައް، ކެންސަރު، ފުއްޕާމޭގެ ބަލިތައްފަދަ އިތުރުބަލިތައް ހުރި މީހުން

ކޮވިޑަށް އެއްވެސް އެންޓިބައޮޓިކެއް ދޭކަށްނުޖެހޭނެ. ކޮވިޑަކީ ވައިރަހުން ޖެހޭ ބައްޔެއް، އެންޓިބައޮޓިކަކީ ބެކްޓީރިއާއާ ދެކޮޅަށް މަސައްކަތްކުރާ ބޭހުގެ ވައްތަރެއް
ބުޅަލުން ކޮރޯނާވައިރަސް އަރާފާނެތަ؟ ނުވަތަ ބުޅަލަށް ޖެހިދާނެތަ؟
އަދި ނިހާތަނަށް، ގޭގައި ގެންގުޅޭ ޕެޓަކަށް ކޮރޯނާ ޖެހުނުކަމަށް ލިބިފައިވަނީ އެންމެ ކުއްތާއަކަށް. އެހެންވީމާ އަދި ޕެޓަށް ނުވަތަ އޭގެން ކޮވިޑްޖެހޭނެކަމަށް ބުނެވޭކަށްނެތް

މިހާތަނަށް ކޮރޯނާ ވައިރަސް އަށް އެއްވެސް ކަހަލަ ފަރުވާ އެއް ނުވަތަ ވެކްސިނެއް ހޯދިފައިވޭތޯ؟

ބޭސްވރިކަމުގެ ފަރުވާ ދެބަޔަކަށް ބަހާލެވޭ. ސީދާ ވައިރަސް މަދުކޮށް ނައްތާލުމަށްދޭ ފަރުވާއާ، ބަލީގައިވާގޮތްތަކަށް ކުރާ ފަރުވާ. މީގައި ނެތީ ވައިރަސްއާދެކޮޅަށް ދޭނެ ފަރުވާއެއް. އަލާމާތްތަކަށް ފަރުވާ ދެވޭނެ.

މިބަލިން ރައްކާތެރިވުމަށް އަދި ވެކްސިނެއް ނެތް.

ކޮރޯނާ ޖެހޭ ބައެއް މީހުން ރަގަޅުވެސް ވޭ. ފަރުވާ އެއް ހޯދިފައި ނުވާ އިރު އެމީހުން ކޮންކަހަލަ ފަރުވާ އެއް ދީގެންތޯ އެ ރަގަޅު ކުރެވެނީ؟

އަލްހަމްދުލިﷲ އެއީ ދިފާޢީ ނިޒާމުން ވައިރަސް ނައްތާލަނީ،

ކޮވިޑް ޖެހުނީމާ ކުރަން ނުވަނީ ކޮންކަމެއް؟
ދުންފަތުގެ އިސްތިޢުމާލުކުރުން
ގޮތްނޭނގޭ ފާޑުފާޑުގެ ފަރުވާތަށް ކުރުން
އަމިއްލައަށް އެންޓިބައޮޓިކް ކެއުން
އެއް މާސްކަށްވުރެ ގިނަ މާސްކު އެޅުން
HPAއަށް ނުއަންގާ އުޅުން

ރެފަރެންސް
https://www.who.int/news-room/q-a-detail/q-a-coronaviruses