ޑޮކްޓަރުން އެދެނީ ރައްޔިތުންގެ އެއްބައިވަންތަކަން އިސްކޮށް، އެކަކު އަނެކަކަށް އަޅާލާ، ޑޮކްޓަރުންނަށް އިތުބާރުކޮށް ސަރުކާރާއި ކަމާބެހޭ މުވައްސަސާ ތަކުން ދެއްވާ އިރުޝާދުތައް އަޑުއެހުމަށެވެ.

ހަލުވި ކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް މިވަނީ ރާއްޖެއަށްވެސް ފޯރާފައެވެ. ރާއްޖެއިން މިބައްޔަށް މިރޭ 2 މީހުން ޕޮޒިޓިވް ވެފައިވާކަމަށް މިވަނީ އިޢުލާން ކޮށްފައެވެ.

Ad
rt

މިކަން އިޢުލާން ކުރެއްވުމާއި ގުޅިގެން ކޮވިޑް19 އަށް ރައްޔިތުން ހޭލުންތެރިކުރުމުގައި އެންމެ އިސްކޮން ހަރަކާތްތެރިވާ ކުޅުދުއްފުއްޓަށް ނިސްބަޔްވާ ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިއީ އަހަރެމެން ތައްޔާރުވަމުން އައި ވަގުތު ކަމަށެވެ. މިވަގުތަކީ ހަމަޖެހި ޑޮކްޓަރުންނަށް އިތުބާރުކުރަންވީ ވަގުތު ކަމަށެވެ. އަދި ޑޮކްޓަރުން ކުރާ މަސައްކަތްތައް ބަލައިގަތުމަށް އެދިފައިވެއެވެ. އަދި ރައްޔިތުން ފަހަތައް ޖައްސާ ނުލާނެކަމަށް ވިދާޅުވިއެވެ.

އެއްބައިވަންތަކަން ދައްކާ، އިސްލާމްދީނުގެ މާތްވި އުސޫލުތަކުގައި ހިފަހައްޓާ، ސައްޙަ މަޢުލޫމާތު ހިއްސާ ކުރޭ!، އެކަކު އަނެކަކަށް ސާފުތާހިރުވުމަށް ހަނދާންކޮށްދީ، ކުޅު ޖެހުން ހުއްޓުވާ!

ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޑރ އަބްދުﷲ ނިޔާފް ވެސް ވަނީ ރައްޔިތުންނަށް ނަސޭހަތެއް ދެއްވަވާފައެވެ. އެގޮތުން ޑރ ނިޔާފް ވިދާޅުވެފައިވަނީ އެކަކު އަނެކަކަށް އަޅާލުމަށެވެ. ދިވެއްސަކަސް ބިދޭސީއަކަށް ވިޔަސް މެއެވެ.

މިދިޔަ ހަފްތާ ތަކުގައި ލިބުނު ރަނގަޅު މަޢުލޫމާތުގެ ބޭނުން ހިފާ، އެޗްޕީއޭ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް، ހެލްތު މިނިސްޓްރީ އިން ދެއްވާ މެސެޖުތަކާއި މަޢުލޫމާތުތަކަށް ސަމާލުކަން ދެއްވާ! އެއްބައިވެ، ބަސްއަހާ، ސާފުތާހިރުކަމަށް އިސްކަންދީ، އިންޝާﷲ

ޑރ ނިޔާފް ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

މިއީ އިމްތިޙާނެކެވެ. އިރާދަކުރެއްވިޔާ މި އިމްތިހާނުން އަޅުގަނޑުމެން ފާސް ވާނެއެވެ. ކެތްތެރިކަމާއި ހިތްވަރާއެކު ކުރިއަށްވުރެ ގިނައިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ދުޢާ ކުރުން ގިނަކުރައްވާށެވެ!

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ