އިއއެކަހެރި ކުރިމީހާ ކޮވިޑް-19 އަށް ނެގެޓިވް، އިތުރު މީހަކު އެކަހެރިކޮށްފި
މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޯވިޑް-19ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސެއް ވަނީ ރިޕޯޓްކޮށްފައިކަމަށާއި އަދި މިހާރު މީނާވަނީ ޓެސްޓުކޮށް މޮނިޓަރ ކުރުމަށްޓަކައި އެކަހެރި ކުރެވިފައިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.
އިޓަލީވިލާތުން ރާއްޖެއަށް ދަތުރުކުރި ދިވެއްސެއް ކޯވިޑް-19 އަށް މޮނިޓަރ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް
މިއަދުވަނީ ކުރިޔަށް ގެންގޮސްފައެވެ. އޭނާ މޮނިޓަރިންގްއަށް ގެންދެވިފައިވަނީ ހަލުވިކޮށް ބަލި ފެތުރޭ ޤައުމަކުން އައުމަށްފަހު ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯރޓްކުރެވިފައިވާތީކަމަށަވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިމީހާ ކޯވިޑް-19އަށް ކުރެވުނު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން މިރޭ އޭނާވަނީ މޮނިޓަރިންގް އިން ދޫކޮށްލެވިފައެވެ. ކޯވިޑް-19 އާއި ގުޅިގެން މީހަކު އެކަހެރި ކުރެވިއްޖެނަމަ، އެމީހާދިރިއުޅޭ ގޭގެ މީހުންނާއި، އެމީހާއާއެކު ވަގުތު ހޭދަކޮށްފައިވާ މީހުންގެ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިއެޖެންސީ އިން އަޅަމުންދާނެ ކަމުގައި ވެސް ދަންނަވަމެވެ.
ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށް ހަބަރުތަކުން އެނގިފައިވާ، ދެކުނު އެމެރިކާގެ ޗިލީއިން ކޮވިޑް 19 އަށް 3 މާރިޗު 2020 ގައި ޕޮޒިޓިވް ވެފައިވާ މީހެއް ރާއްޖެއަށް ދަތުރުކޮށްފައިވާކަން ވަނީ ކަށަވަރުކުރެވިފައިކަމަށާއި އަދި މި މައުލޫމާތާ ގުޅިގެން އެއީ ކާކުކަމާއި، ރާއްޖޭގައި އޭނަ އުޅެފައިވާ ތަންތަން ދެނެގަތުމަށް މިގެންދަނީ މަސައްކަތްކުރަމުންނެވެ. މި މައުލޫމާތާއެކު އެތަންތަނުގައި ބަލީގެ އަލާމާތްހުރި މީހުން އުޅޭކަން ބަލާ މޮނިޓަރ ކުރަމުން ގެންދާނެކަމަށް ބުނެފައި ވެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބައިނަލްއަޤްވާމީ ވައިގެ އަދި ކަނޑުގެ ބަނދަރުތަކެއްގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ގެންދަނީ ސްކްރީންކޮށް މޮނިޓަރ ކުރަމުކަމަށް ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!